ދިވެހިރާއްޖެ
މަޤާމު: އެސިސްޓެންޓް ކައުންސިލަރ
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މަޤާމުގެ ރޭންކް: ޖެނެރަލް ސަރވިސް 4
ބޭނުންވާ އަދަދު: 2 (ދޭއް)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :މަޖީދިއްޔާ ސްކޫލް / އެކަޑެމިކް ސެކްޝަން
ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަރަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
މުސާރަ: -/5020 ރުފިޔާ (މަހަކު)
ސަރވިސް އެލަވަންސް: -/1500 ރުޔިޔާ (މަހަކު)
އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން: މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ ކައުންސިލިންގގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ މި ދާއިރާއިން ތަމްރީނު ލިބިފައިވާ ފަރާތްތަކަށެވެ. އަދި ކައުންސިލިންގގެ ދާއިރާއިން ތަޖުރިބާ ހުރި ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ. ކުރަންޖެހޭ މަސައްކަތް
ހުށަހަޅަންޖެހޭ ލިޔުންތައް
|
ސުންގަޑި: މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 02:00 ގެ ކުރިން ސްކޫލު އޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިއުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. |
އިންޓަވިއު ކުރުން: މި އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގައެވެ. |
އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3324691 ނަންބަރާ ފޯނާއެވެ. |