ނީލަން
ނަންބަރު: (IUL)23-AP/23/2022/67
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 17 ފެބުރުވަރީ 2022 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނީލަން ކިޔުން

އިޢުލާން              

ނީލަމާއިބެހޭ މަޢުލޫމާތު

 

             މި އިދާރާގެ ބެލުމުގެ ދަށުގައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި މ.މެޓްރޯ ޕޮލިސް އިމާރާތް (އިބްރާހިމް ހަސަން ދީދީ މަގު / މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އިމާރާތުގެ ދެކުނު ފަރާތު މަގު) ގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ލޮޓު ނަންބަރ

މުދާ

ރޭޓް

އަދަދު

ނީލަންކިޔަން ފެށޭނެ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

F001

ސިންކު

25.00ރ

1

25.00ރ

5.00ރ

F002

ވެއިންގ ސްކޭލް

50.00ރ

2

100.00ރ

5.00ރ

F003

ރިސެޕްޝަން ޓޭބަލް

100.00ރ

1

100.00ރ

10.00ރ

F004

މޮނީޓަރު

50.00ރ

2

100.00ރ

5.00ރ

F005

ފައިލިންގ ރެކް

50.00ރ

1

50.00ރ

5.00ރ

F006

ޕްރިންޓަރ

50.00ރ

3

150.00ރ

5.00ރ

F007

އޮފީސް މޭޒު

100.00ރ

2

200.00ރ

10.00ރ

F008

މޯބައިލް ޕެޑެސްޓަލް

10.00ރ

1

10.00ރ

5.00ރ

F009

އޮފީސް ގޮނޑި (ހައިބެކް)

25.00ރ

4

100.00ރ

5.00ރ

F010

އޮފީސް ގޮނޑި (މީޑިއަމް ބެކް)

15.00ރ

6

90.00ރ

5.00ރ

F011

އޮފީސް ގޮނޑި (ލޯ ބެކް)

10.00ރ

2

20.00ރ

5.00ރ

F012

ލަކުޑި ގޮނޑި

10.00ރ

1

10.00ރ

5.00ރ

F013

ސީ.ޕީ.ޔޫ

50.00ރ

3

150.00ރ

5.00ރ

 

 

ނީލަންކިޔުމުގެ އުސޫލު

v    ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

v    ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

v    ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

v    ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

v    ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. ނީލަމުގެ އަގު ދައްކަންވާނީ ‘BandeyriPay!’ ޕޯޓަލް މެދުވެރިކޮށްށެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

 

08 ފެބްރުއަރީ 2022

08 ފެބުރުވަރީ 2022