ދެންނެވުން
ނަންބަރު: (IUL)395-02/395/2022/16
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 28 ފެބުރުވަރީ 2022 12:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އިސްދޫ ކައުންސިލުން ރައްޔިތުންނަށް ލުއިލޯނު ދޫކުރުމާއި ގުޅޭ:

ލ. އިސްދޫ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ކުއްލިއަކަށް ކުރަންޖެހޭ މުހިންމު ކަންކަން ފަސޭހަކަމާއިއެކު ފުރިހަމަކުރުމަށް މަގުފަހިކޮށްދީ، އަބުރުވެރި، ހަރުދަނާ އަދި ފުދުންތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި ހައްދުންމަތީ އިސްދޫ ކައުންސިލުގެ ލުއި ލޯން ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯންތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

#

ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ކެޓަގަރީތައް

ކޮންމެ ކެޓެގަރީއަކުން ދޫކުރަން ހަމަޖެހިފައިވާ ލޯނުގެ އަދަދު

1

25000 ރުފިޔާ

3

2

35000 ރުފިޔާ

5

3

50000 ރުފިޔާ

10

 

            ވީމާ، ލޯނަށް އެދޭ ފަރާތްތަކުން ލޯނަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއިއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު 28 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ހުށަހެޅުއްވުން އެދެމެވެ. ލޯނަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން މިކައުންސިލްގެ ކައުންޓަރުން 08 ފެބުރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 9:00 އިން ފެށިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިއިޢުލާނާއި އެކު ލޯނު ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލާއި، ލޯނު އެޕްލިކޭޝަންތަކަށް ޕޮއިންޓް ދޭނެގޮތުގެ އުޞޫލު އާންމުކުރަމެވެ.  

07 ފެބުރުވަރީ 2022