| އިޢުލާނު  | 
| މަޤާމު: | ޕްރައިމަރީ ޓީޗަރ | 
| މަޤާމުގެ ނަންބަރު: | J334136 | 
| ބޭނުންވާ އަދަދު: | 01 | 
| މަޤާމުގެ ގިންތި: | ވޭޖް އުޞޫލުން | 
| މަޤާމުގެ ރޭންކު: | ސީ.އެސް 11އިން ސީ.އެސް 15 | 
| މަޤާމުގެ ކްލެސިފިކޭޝަން: | ސްކޫލް ޓީޗަރސް | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ތިނަދޫ ސްކޫލް | 
| މުސާރަ: | -/7070 ރުފިޔާއާއި -/9910 ރުފިޔާއާއި ދެމެދު       | 
| އެހެނިހެން އެލަވަންސް: | 01. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 02. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1. ޙަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދެއްވުން. 2. ރަސްމީ އަދި ނުރަސްމީ ގޮތްގޮތުން ދަރިވަރުންގެ ފެނަވަރުބަލައި، އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ދެނެގަނެ އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. 3. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޢާންމު މަޢުލޫމާތުތަކާއި، ފަސްމަންޒަރު ދިރާސާކޮށް، އެއިން ކޮންމެ ދަރިވަރަކަށް ވަކިވަކި އަމާޒުތަކާއި ލަނޑުދަނޑިތައް ކަނޑައެޅުން. 4. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، ޢާންމު ކްލާސްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނާ މަޝްވަރާއާއެކު، އެ ދަރިވަރުންނަށް ބޭނުންވާ ތަޢުލީމީ، އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ލަނޑުދަނޑިތައް ކަނޑައެޅުން.  5. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ދެނެގަނެ އެއިން ކޮންމެ ދަރިވަރަކަށް، ވަކިވަކިން 'އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން' (އައި.އީ.ޕީ) ތައްޔާރުކުރުން. 6. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، އުނގަންނައިދިނުމުގައި ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ، ކިޔަވައިދިނުމުގެ ގޮތްތައް (ޓީޗިންގ ސްޓްރެޓަޖީ) ފަރުމާކޮށް، ބޭނުންކުރުން. 7. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، އުނގަންނައިދިނުމަށް ބޭނުންކުރާ އެހީ (ޓީޗިން މެޓީރިއަލްސް) އަދި ލެސަން ޕްލޭން، ކޮންމެ ދަރިވަރެއްގެ 'އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން' (އައި.އީ.ޕީ) އަށް ބަލައިގެން ތައްޔާރުކުރުން. 8. ދަރިވަރުންގެ 'އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން' (އައި.އީ.ޕީ)އަށް ގެންނަންޖެހޭ ބަދަލުތައް، އެ ދަރިވަރުންގެ ބެލެނިވެރިންނާއި، ކިޔަވައިދެއްވާ އެހެން މުދައްރިސުންނާއި ލީޑިންގ ޓީޗަރުންގެ އިތުރުން ޕްރިންސިލާއެކު މަޝްވަރާކޮށް، ގެނައުން. 9. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، އުނގަންނައިދިނުމަށް އެންމެ އެކަށީގެންވާ ގޮތްތައް (ޓީޗިންގ މެތަޑްތައް) ބޭނުންކުރުމާއެކު އެ ދަރިވަރުންނަށް އުންގަނައިދިނުމަށް ބޭނުންކުރާ މާޙައުލަކީ އެ ދަރިވަރުންގެ ވަކިވަކި ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ 'ލީސްޓް ރެސްޓްރިކްޓިވް އެންވަޔަރަންމެންޓް' (އެލް.އާރު.އީ)އެއްކަން ކަށަވަރުކުރުން.  
އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ، އުނގެނުން މޮނިޓަރކޮށް، ވަޒަން (އިވެލުއޭޓް)ކުރުމަށާއި ޑޮކިއުމެންޓް ކުރުމަށް، އެންމެ އެކަށީގެންވާ މިންގަނޑުތަކާއި ވަސީލަތްތައް ބޭނުންކޮށް، ދަރިވަރުންގެ ކުރިއެރުން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުން.އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޕްރޮގްރެސް ރިޕޯޓް، މަދުވެގެން ޓާމަކު 2 ފަހަރު ތައްޔާރުކޮށް ބެލެނިވެރިޔާ، ލީޑީންގ ޓީޗަރ އަދި ޕްރިންސިޕަލާ ޙިއްސާކުރުން.  އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތަޢުލީމީ، އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބޭނުންކުރާނެ އުކުޅުތަކާއި ފަލްސަފާތައް ރާވައި، އެ ކަންކަން ތަންފީޒްކުރުން.  އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އައި.އީ.ޕީ އަދި އެހެނިހެން ޚިދުމަތްތައް، ސްކޫލުގެ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ލަފާއާއި އިރުޝާދާއެކު ތަންފީޒުކުރުން.އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، ޚާއްޞަކުރެވިފައި ހުންނަ ތަޢުލީމީ އެކިއެކި ޕްރޮގްރާމްތަކާއި މުޤައްރަރުތައް، ތިނަދޫ ސްކޫލުގެ ދަރިވަރުންނަށް އެންމެ ފައިދާކުރަނިވި ގޮތަކަށް ބަދަލުކޮށް، ތަންފީޒު ކުރުން.އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިންނާއެކު ގާތް ގުޅުމެއް ޤާއިމްކޮށް، އެ ދަރިވަރުންނަށް ލިބެމުންދާ ކުރިއެރުންތަކުގެ މަޢުލޫމާތު، އެ ބެލެނިވެރިންނަށް ޤަވާޢިދުން ފޯރުކޮށްދެވޭނެފަދަ ނިޒާމެއް ސްކޫލުގައި ޤާއިމްކޮށް އެކަން ތަންފީޒުކުރުން.އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތަޢުލީމީ، އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް، ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތައް އޮޅުންފިލުވައިދީ އެ ކަމުގައި ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން.ދަރިވަރުންގެ އުޅުމާއި އަޚްލާޤް ރަގަޅަށް މޮނީޓަރކޮށް ބަލައި އެދަރިވަރުންގެ ކިބައިން ފެންނަ އަޚްލާޤީ މައްސަލަތަކުގެ ސަބަބު ހޯދައި، އެފަދަ މައްސަލަތަކާ އެންމެ އެކަށީގެންވާ އިޞްލާޙީ ފިޔަވަޅުތައް އެޅުން.  އަދި ބޭނުންވެއްޖެ ޙާލަތެއްގައި 'ބިހޭވިއަރަލް އިންޓަރވެންޝަން ޕްލޭން' (BIPs) ހެދުން. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން، ރަސްމީ ކްލާސްތަކަށާއި 'އިންކްލޫޝަނަށް' ތައްޔާރުކޮށްދިނުން.އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، އުނގަންނައިދިމުށް އަންމުންދާ ބަދަލުތަކަށް އަހުލުވެރިވެރިވެ، ފަންނީ ޤާބިލްކަން އަދާހަމަކުރުމަށް މަސައްކަތްކުރުން. ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތައް ކަމުގައިވާ ޔުނީފޯމް ހަރަކާތް ، ކްލަބް ، އީއެލްއޭ އަދި ޔަންގް ޝެކްސްޕިއަރގެ ޙަރަކާތްތައްހިންގެވުމުގައި ފުރިހަމަޔަށް ބައިވެރިވެލެއްވުން . އަދިއެފަދަ ޙަރަކާތްތަކުގައި ގަޑިއަށް ސަމާލުކަންދެއްވުން.ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބައްލަވާ މާރކް ކުރެއްވުމާއެކު އެފަދަ ތަކެތި ރައްކާތެރިކަމާއެކު އަނބުރާ ދަރިވަރުންނަށް ރައްދުކޮށްދެއްވުން.ސްކޫލުން ޙަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ،ޝައުޤުވެރިކަމާއެކު، އަމިއްލައަށް އިސްނަންގަވައިގެން ސްކޫލަށް އެންމެ ފައިދާހުރިގޮތަކަށް އެކަންކަން ކުރެއްވުން.ހައުސްތަކުގެ ކުޅިވަރުގެ ޙަރަކާތްތައް ސްކޫލުގައި ހިންގެވުމުގައި ޤާބިލްކަންހުރި އެންމެ މަތީ ދަރަޖައެއްގައި ހައުސްއަށް އެހީތެރިވެލައްވާ ހައުސްގެ  ކާމިޔާބީއަށް މަސައްކަތްކުރެއްވުން. ސްކޫލުން ބާއްވާ ސްޓާފްމީޓިންގތަކާއި ސެޝަންމީޓިންގ، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އެނޫނަސް މުދައްރިސެއްގެ ޙައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވެލެއްވުން.ކިޔަވައިދެއްވާ ސެޝަނުގެ ކްލާސްތައް ނިމުމުން މަދުވެގެން 15 މިނިޓްއިރު ވަންދެން، ކުދިންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރުމުގެ ވަގުތުކޮޅެއް ބެލެނިވެރިންނާއެކު ހޭދަކުރެއްވުން. ކިޔަވައިދެއްވާ ވަގުތުތަކުގައާއި ކިޔަވައިދިނުމާ ގުޅޭ ޙަރަކާތްތައް ހިގަމުންދާ ވަގުތުތަކުގައިވެސް ކުދިންގެ ކަންކަމާ ޒިންމާވެ، އެކުދިން އެކަނި ދޫކޮށްނުލެއްވުން.ސްކޫލުގެ އިތުރު ޙަރަކާތްތައް ހިންގައި އެ ދާއިރާއިން ސްކޫލަށް ރީތި ނަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުން. | 
| 
| މަޤާމުގެ ޝަރުޠުތައް: 
| މަޤާމް ނަން | ކްލެސިފިކޭޝަން | ސިވިލް ސަރވިސް ރޭންކް | އަސާސީ ޝަރުތު | އަސާސީ މުސާރަ | ސަރވިސް އެލަވަންސް |  
| ސީނިޔަރ ޓީޗަރ   | ސްކޫލް ޓީޗަރސް   | CS15-5 | ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން | 10,640.00 | 2,500.00 |  
| CS15-4 | ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން | 10,320.00 | 2,500.00 |  
| CS15-3 | ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން | 10,100.00 | 2,500.00 |  
| CS15-2   | ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް  ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން -   ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. -  ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ | 9,910.00   | 2,500.00   |  
| ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން -  ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން -  ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން |  
| ޓީޗަރ | ސްކޫލް ޓީޗަރސް | CS13-5 | ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން | 9,850.00 | 2,500.00 |  
| CS13-4 | ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން | 9,360.00 | 2,500.00 |  
| CS13-3 | ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން | 8,890.00 | 2,500.00 |  
| CS13-2 | ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ - ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ | 8,440.00 | 2,500.00 |  
| CS11-5 | ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. | 8,250.00 | 2,500.00 |  
| CS11-4 | ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން | 7,840.00 | 2,500.00 |  
| CS11-3 | ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކުގައިމަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 7450.00 | 2,500.00 |  
|   |   | CS11-2 | ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. - ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. | 7070.00 | 2,500.00 |  |  | 
| މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް މި މަޤާމަށް ނެގުމަށްވަނީ ހަމަޖެހިފައިވެއެވެ. 
| މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ | މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު | ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު | 1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު |  
| ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ | 7000.00ރ | 318.18ރ | 53.03ރ |  
| މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ | 7500.00ރ | 340.90ރ | 56.82ރ |  
| ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ | 8590.00ރ | 390.45ރ | 65.08ރ |  ނޯޓް: 
ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.    | 
| ހުށަހަޅަންޖެހޭ ލިޔުންތައް:   | 
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެންމަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެންގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށް އަދި ހުށަހަޅާ ޕްރެޒެންޓޭޝަނަށް ބަލައިގެން | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ފެބަރުވަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިނަދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| ޝޯޓްލިސްޓުކުރުން:   | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. | 
| އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 16 ފެބަރުވަރީ 2022 އާއި 22 ފެބްރުވަރީ 2022 އާ ދެމެދު، ތިނަދޫ ސްކޫލުގައެވެ. | 
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842050 ނުވަތަ 6842060 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |