ކުއްޔަށް ދިނުން
ނަންބަރު: (IUL)22-EDF/22/2022/49
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 12 ފެބުރުވަރީ 2022 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށްދިނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ޗާންދަނީމަގު 30 ނަންބަރު ފިހާރަ، 1 ވަނަ ފަންގިފިލާ ( ތަޢުލީމީ ފަންޑުގެ 28 ނަންބަރު ފިހާރަ ) 473 އަކަފޫޓު ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު  (IUL)22-EDF/22/2022/7 (6 ޖަނަވަރީ 2022) ޢިއުލާނާ ގުޅިގެން އެކަށީގެންވާ އަގެއް ހުށަހަޅާފައިނުވާތީ، އަކަފޫޓަކަށް -/40 (ސާޅީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް އަލުން ހުޅުވާލަމެވެ.
  2. މި ފިހާރަ ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 2022 ފެބުރުވަރީ 8 ން 2022 ފެބުރުވަރީ 12 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:https://forms.gle/FMJefaaTZMMd5tam8 
  3. މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2022 ފެބުރުވަރީ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި -/30,000 (ތިރީސްހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ ތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ،  2022 ފެބުރުވަރީ 16 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.
  6. ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން: , 33411933341194

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected] 

08 ފެބުރުވަރީ 2022