ދިވެހިރާއްޖެ
ޅ. އަތޮޅުގެ ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުގައި އީގަވަރމަންޓް ނެޓްވޯކް ކޭބަލް ( އޮޕްޓިކް ފައިބަރ ކޭބަލް ކަނެކްޝަން ) ގުޅާދޭނެ ފަރާތެއް ހޯދުން
( ނަމްބަރ (IUL)LHAH-AH/LHAH/2021/42އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ 3 ވަނަ ފަހަރަށް ކުރެވޭ އިޢުލާން )
ޅ. އަތޮޅުގެ ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުގައި އީ ގަވަރމަންޓް ކޭބަލް ނެޓްވޯކް ( އޮޕްޓިކް ފައިބަރ ކޭބަލް ކަނެކްޝަން ) މިހޮސްޕިޓަލުން ދޭ މަޢްލޫމާތާއި އެއްގޮތަށް ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތަށް ޝަވްޤުވެރިވާ ފަރާތްތަކުން 08 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުން ފެށިގެން 15 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ޑޮކިޔުމަންޓްސް އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ފެބްރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 16 ފެބްރުވަރީ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620151 އަށް ގުޅުއްވުން އެދެމެވެ.