މަސައްކަތް
ނަންބަރު: (IUL)438-ENV/438/2022/27
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 22 ފެބުރުވަރީ 2022 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ސަރވިސް ފޯ ޑިވެލޮޕްމަންޓް އޮފް ނެޗުރަލް ކެޕިޓަލް އެކައުންޓިންގ - (ދެވަނަ އިއުލާން)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"  މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤުދުރަތީ ރައުސްމާލު މިންކުރުން ނުވަތަ ވަޒަންކުރުމުގެ (ނެޗުރަލް ކެޕިޓަލް އެކައުންޓިންގް ގާއިމް ކުރުމުގެ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު މި މިނިސްޓްރީގެ ނަންބަރު: (IUL)438-ENV/438/2022/9 (10 ޖަނަވަރީ 2022) އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި ކޮންސަލްޓަންސީގެ މައިގަނޑު މަގްސަދަކީ، ނެޗުރަލް ކެޕިޓަލް އެކައުންޓިގ މިން ކުރުމުގައި މުވައްސަސާތަކުގެ ޤާބިލްކަން އިތުރުކޮށް، އަދި ކަނޑުގެ ދިރުންތަކުގެ އާބާދީ ހިމާޔަތްކުރުމުގެ ސިޔާސަތުތަކާއި މަސައްކަތްތަކުގެ ތެރެއަށް ޤުދުރަތީ ރައުސްމާލު ގެ މިންކުރުން/ ވަޒަންކުރުން ހިމެނުމެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ފުރިހަމަކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާ ފޯމް،  މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ. ހުށަހަޅަންޖެހޭ މައުލޫމާތުގެ އިތުރު ތަފްޞީލް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ވާ "ޓާރމްސް އޮފް ރެފަރެންސް" ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯރމްތަކުގެ ޓެމްޕްލޭޓް ތައް ވެސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ.   މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އާއި ފޯމްތަކުގެ ޓެމްޕްލޭޓްތައް މި  މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 22 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހު 10:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 22 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހު 10:00 ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 15 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

އެޕްލިކޭޝަން ޓައިޓްލް: ކޮންސަލްޓަންސީ ސަރވިސް ފޯ ޑިވެލޮޕްމަންޓް އޮފް ނެޗުރަލް ކެޕިޓަލް އެކައުންޓިންގ - "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" ޕްރޮޖެކްޓް 

“Do not Open Before 22nd February 2021 at 1000hrs – “Consultancy Service for Development of Natural Capital Accounting – (IUL)438-ENV/438/2022/27

 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

08 ފެބުރުވަރީ 2022