ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)471-CDS3/1/2022/13
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 17 ފެބުރުވަރީ 2022 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއިން ލ. ގަމުގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްގައި ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ސްޕެއަރ ޕާރޓްސް ތަކާއި ބައެއް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއިން ލ. ގަމުގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްގައި ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ސްޕެއަރ ޕާރޓްސް ތަކާއި ބައެއް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 13 ފެބްރުއަރީ 2022ވާ އާދީއްތަ ދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. އަދި އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  16 ފެބްރުއަރީ 2022ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން [email protected]އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 17 ފެބްރުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

08 ފެބުރުވަރީ 2022