ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-P/141/2022/68
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 31 މާރިޗު 2022 14:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މަދަނީ ޖަމްޢިއްޔާ ތަކުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއިގުޅޭ

އިޢުލާން

މަދަނީ ޖަމްޢިއްޔާ ތަކުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއިގުޅޭ

ޖަމްޢިއްޔާ ތަކުގެ ޤަވާޢިދު ނަމްބަރ (2015/R-180) 27ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯޓް 31 މާރިޗު ގެ ނިޔަލަށް ހުށަހަޅަން ޖެހެއެވެ. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ މަދަނީ ޖަމްޢިއްޔާތަކުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމުގައި ދެންނެވީމެވެ. އެހެންކަމުން، މިމުއްދަތުގައި އަހަރީ ރިޕޯޓް ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދެންނެވީމެވެ.

 ކޮވިޑް19ގެ ސަބަބުން ބާއްވަން ޖެހޭ އާންމު ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޖަމްޢިއްޔާތަކުގެ ޖަލްސާތައް އޮންލައިކޮށް ބޭއްވުމަށާއި އަދި އެފަދަ ހާލަތުނެތް ރަށްރަށުގައި ޖަމްޢިއްޔާގެ ހިންގާ ގަވާއިދާއި އެއްގޮތަށް ބޭއްވުމަށް ދަންނަވަމެވެ. އަހަރީ ރިޕޯޓް މެއިލްކުރައްވާނަމަ އީމެއިލް: [email protected]  ކުރެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3330808 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

07 ފެބުރުވަރީ 2022