ނީލަން
ނަންބަރު: (IUL)HC/2022/012
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 20:15
ސުންގަޑި: 16 ފެބުރުވަރީ 2022 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ހިތަދޫ ކެމްޕަހުގައި ހުރި ބައު ސާމާނުތައް ނީލަމުގައި ވިއްކައިލުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި ހުރި ހަލާކުވެފައިވާ ތަކެއްޗާއި ބައު ތަކެތި ލޮޓުތަކަށް ބަހާލައިގެން ދުވަހުނީލަމުގެ އުޞޫލުން ނީލަންކިއުން 16 ފެބްރުވަރީ 2022 ވާ ބުދަ ދުވަހުގެ 10:00 ގައި ކެމްޕަހުގެ ކްލާސްރޫމް 11(ބީ ބްލޮކް) ގައި އޮންނާނެއެވެ.

         ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކަށް އެތަކެތި ހަވާލުކުރެވޭނީ ނީލަމުން ނެންގެވި ތަކެތީގެ އަގު 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކެމްޕަހުގެ ބަޖެޓު ސެކްޝަނަށް ދައްކައި ހަލާސްކުރުމުންނެވެ. އަދި ފައިސާ ދައްކާތާ 05 ގަޑިއިރުތެރޭގައި އެތަކެތި ގެންގޮސް ނިންމަންވާނެއެވެ.

         ނީލަން ކިޔުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް އެގޭނެ ޝީޓް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.  ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

 

                         06 ރަޖަބު 1443  

                     07 ފެބްރުވަރީ 2022

07 ފެބުރުވަރީ 2022