ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2014/151
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 11 ސެޕްޓެންބަރު 2014 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު / ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ރޭންކް:

އެމް.އެސް 03

މުސާރަ:

7035.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް 2000.00 ރުފިޔާ،

- ޖުޑީޝަލް އެލަވަންސް މުސާރައިގެ %40،

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުތު:

- މަޤާމުގެ ހުނަރު / ޤާބިލުކަން އިންޓަވިއު ގައި ސާބިތުކޮށް ދިނުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލު ކޮށްފައިވުން، ނުވަތަ

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކޯޓުގެ މަޤާމުތަކަށް ބޭނުންވާ ދާއިމީ، ވަގުތީ މީހުން ހޯދުމާއި، ބަދަލުކުރުމާއި، ވަކިކުރުމާއި، މުވައްޒަފުން ވީއްލުމުގެ ކަންތައްތަކާއި، ރިޑަންޑަންސީ އަދި ވަޒީފާއާ ބެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

- އަލަށް ވައްދާ މުވައްޒަފުންގެ އިންޑަކްޝަން ޕްރޮގުރާމުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުމާއި އެ މުވައްޒަފުންނަށް ޤާނޫނާއި ގަވާއިދާއި ކޯޓުގެ އުސޫލުތައް ބަޔާންކުރާ އެންމެހާ ކަންކަން ފުރިހަމަކުރުން.

- މުވައްޒަފުންނަން ލިބެންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާއި އިތުރުގަޑީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިކޯޑު ބެލެހެއްޓުމާއި އިތުރުގަޑީގެ ފައިސާ މަހުންމަހަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން އަދި ޕެންޝަން ސްކީމަށް ޖަމާކުރަންޖެހޭ ފައިސާ މަހުން މަހަށް ޖަމާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ ހާޒިރީ، ސަލާމް އަދި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމާއި ކޯޓުގެ ހިއުމަން ރިސޯސް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ރިކޯޑްސް އަޕްޑޭޓުކޮށް ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.

- ކޯޓުގެ ޓްރޭނިންގ ރިކުއަރމަންޓުތައް އަޕްޑޭޓުކޮށް ބެލެހެއްޓުމާއި، އެޗް.އާރު ކޮމިޓީ މެދުވެރިކޮށް ތަމްރީނުތަކަށް މުވައްޒަފުން ކަނޑައެޅުމާއި، ތަމްރީނުތަކަށް ރާއްޖޭން ބޭރަށްދާ މުވައްޒަފުންގެ ކަންތައްތައް ގަވާއިދުން ބަލަމުން ގެންދިއުން.

- މުވައްޒަފުންގެ ފެންވަރުބެލުމުގެ އެންމެހާ ކަންތައްތައް ހިނގަމުންދާ ގޮތް ބަލައި، ނިންމަންޖެހޭ މުއްދަތުގައި ފެންވަރުބެލުމުގެ އެންމެހާ ކަންތައްތައް ނިންމައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- ކޯޓުގެ ހިއުމަންރިސޯސް ސެކްޝަނަށް ލިބޭ ސިޓީ، މެސެޖް، މެމޯ، ރިޕޯޓު، އަދި މިނޫންވެސް އެންމެހައި ލިޔެކިޔުންތައް ބަލައި ޖަވާބުދިނުން.

- ހިއުމަންރިސޯސް އަދި އިދާރީ ސެކްޝަނުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލައި މޮނިޓަރ ކުރުން.

- ވަޒީފާއާ ބެހޭގޮތުން މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލައި، އޮފީހުގައި މުވައްޒަފުން ކުރާ ޤާނޫނާ ޚިލާފު ކަންކަން ބަލައި ފިޔަވަޅު އެޅުން.

- ކޯޓުގެ ވަޒީފާ އަދާކުރައްވާ މުވައްޒަފުންގެ ތެރެއިން ޢުމުރުން 55 އަހަރުވާ މުވައްޒަފުންނަށް ވަޒީފާއިން މުސްކުޅި ކުރުމަށް ހިތްވަރުދީ ވަޒީފާގެ މަސްއޫލިއްޔަތާ ދުރަށް ދިއުމަށް އަމިއްލައަށް އެދޭ ފަރާތްތަކުގެ ތެރެއިން ޢިނާޔަތާއެކު ވަޒީފާގެ މަސްއޫލިއްޔަތާ ދުރަށް ދިއުމަށް އެދޭ ފަރާތްތަކަށް ޢިނާޔަތް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމާއި ވަޒީފާއިން ވަކިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- މަޤާމުގެ ޙައިސިއްޔަތުން އިތުރު ކަމެއް ކުރަންޖެހޭނަމަ އެކަމެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

- ވަޒީފާއާބެހޭ ޤާނޫނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

- އެހެން މީހުނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން.

- މުޢާމަލާތު ކުރުމުގެ ހުނަރު.

- އެޓިޓިއުޑު، ޓީމް ވޯކް އަދި އިސްނެގުން.

- ދިވެހި އަދި އިނގިރޭސި ބަހުން ލިޔުމާއި ޖުމްލަ ހަމަޖެއްސުމުގެ ހުނަރު.

- މައްސަލަ ހައްލު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- މައިކްރޯސޮފްޓް ޕެކޭޖުގެ އަހުލުވެރިއެއް ކަމުގައިވުން.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު (މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ރިސެޕްޝަނުންނާއި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- މަސައްކަތުގެ ތަޖުރިބާ (ވަޒީފާ އަދާކޮށްފައިވާ މުއްދަތާއި ވަޒީފާގެ ރޭންކް) ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެކަޑަމިކް ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ.

- ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- ނޯޓް: ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ފިޔަވައި، ދެން ހުށަހަޅާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު ކޮޕީ ހުށަހަޅަންވާނެއެވެ.

ސުންގަޑި:

11  ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް މީހަކު ހޮވުމުގައި ހިއުމަން ރިސޯސަސް އިން ޑިގްރީ ހާސިލުކޮށްފައިވާ މީހުންނަށާއި، މިދާއިރާގެ ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަވިއު ޕެނަލްގައި މި މަޤާމުގެ ވާޖިބުތައް އަދާކޮށް ދެވޭނެކަން ސާބިތުކޮށް ދިނުމުންނެވެ.

- ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ކެންޑިޑޭޓުންނަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

14 އޮގަސްޓް 2014