ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2022/02
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި:
17 ފެބުރުވަރީ 2022 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން:
|
މީޑިއާ އޮފިސަރ
|
ރޭންކް:
|
GS3/B
|
ސެކްޝަން/ޑިޕާޓްމަންޓް
|
މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން
|
ބޭނުންވާ އަދަދު:
|
1
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އެޑްވާންސް ސަބްސިޑިއަރީ އިމްތިހާނުން 2 މާއްދާއިގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުން އަދި މަޖިލީހުގެ އިދާރާއިން ބާއްވާ އެހެނިހެން ބައްދަލުވުންތަކުގެ ފޮޓޯއާއި ވީޑިއޯ ނެގުމާއި އެތަކެތި ހަމަޖެހިފައިވާ އުސޫލުން ރައްކާތެރިކޮށް ބެލެހެއްޓުން.
- ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުން އަދި މަޖިލީހުގެ އިދާރާއިން ބާއްވާ އެހެނިހެން ބައްދަލުވުންތަކާ ގުޅޭ ޚަބަރާއި ނޫސްބަޔާންތައް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެ ތައްޔާރުކުރުން.
- ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުން އަދި މަޖިލީހުގެ އިދާރާއިން ބާއްވާ އެހެނިހެން ބައްދަލުވުންތަކާ ގުޅޭ މަޢުލޫމާތު ހަމަޖެހިފައިވާ އުސޫލުން މަޖިލީހުގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް އާންމުކުރުން.
- ރައްޔިތުންގެ މަޖިލީހުން އާންމުކުރާ ލިޔުންތައް އިނގިރޭސި ބަހަށް ތަރުޖަމާކުރުން.
- މަޖިލީހުގެ ވެބްސައިޓުގައި ހިމެނޭ ބައިތަކުގެ ތެރެއިން މީޑިއާ ސެކްޝަނުން ބަލަހައްޓާ ބައިތަށް އަޕްޑޭޓްކޮށް ބަލެހެއްޓުން.
- މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ ބައްދަލުވުންތަކާއި މަޖިލީހުން ކުރިއަށްގެންދާ ބައްދަލުވުން ތަކުގެ ވީޑިއޯއާއި ފޮޓޯތައް އެޑިޓްކޮށް އިވެންޓްތަކުގެ ކޮންޓެންޓް ތައްޔާރުކުރުން.
- ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި އަދި މަޖިލީހާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ވިޝުއަލް (ވީޑިއޯ / ފޮޓޯ / ގްރެފިކްސް) ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
- މީޑިއާ ސެކްޝަނުން އިންތިޒާމް ކުރާ ނޫސްވެރިންގެ ބައްދަލުވުންތަކާއި ޖަލްސާތަކާއި އިވެންޓުތައް އިންތިޒާމްކުރުން.
- ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން އަދި ކެމެރާމަނުން ޚަބަރާބެހޭ ކަންކަމުގައި މަޖިލިސްކުރާގެއަށް އައިސްގޮސްވުމުގެ ކަންކަން ހަމަޖެހިފައިވާ އުސޫލުން ވިލަރެސްކޮށް އެކަމުގެ އެބޭފުޅުންނަށް އެހީތެރިވުން.
- ސެކްޝަންގައި ކުރަންޖެހޭ ބައެއް އިދާރީ މަސައްކަތްތައް ކުރުން، އެގޮތުން ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކޮށް އަދި އަހަރީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ މަޖިލީހުގެ ސެކްޝަންތަކާއި ނުވަތަ ޑިޕާރޓްމަންޓްތަކާއި ޙަވާލުކުރުން.
|
އުޖޫރަ:
|
މަހަކު -/7،150 ރުފިޔާ
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
ފޯމް ފޮނުވަންވީ ތާރީޚް: 8 ފެބްރުވަރީ 2022 އިން 17 ފެބްރުވަރީ 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 17 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް
- ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މި އިދާރާއިން ދޭ ޓެސްޓަކުން ފާސްވާ ފަރާތްތައް އެކަންޏެވެ.
- (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް
https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)