ބީލަން
ނަންބަރު: (IUL)306/306/2022/5
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 27 ފެބުރުވަރީ 2022 10:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެލުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިކައުންސިލްގެ އިއުލާން ނަންބަރ(IUL)306/306/2021/40  އަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ، ރަސްމާދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ކުރިމަތީ ފެންސް މަރާމާތުކުރުމާއި ދެންހުރި ފެންސްތައް ނަގައި ފެންސް ޖަހާފައިވާ ފާރުތަށް (ބީމްތަކާއެކު) 7 ފޫޓަށް އުސްކޮށް، ތަނބުއަޅާ ރާނާ ސިމެންތިޖަހާ ގޭޓް މަރާމާތުކުރުމުގެ  މަސައްކަތްތަށް ކުރުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ފެބްރުއަރީ 08 އިން 2022 ފެބްރުއަރީ 16 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ފެބްރުއަރީ 20 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.

5. ބިޑް ހުޅުވުން އޮންނާނީ 2022 ފެބްރުއަރީ 27 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. 

7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ރަސްމާދޫ ކައުންސިލް އިދާރާ

ރ.ރަސްމާދޫ، ދިވެހިރާއްޖެ.

ފޯން:  6580049

އީ-މެއިލް: [email protected]

07 ފެބުރުވަރީ 2022