މަސައްކަތް
ނަންބަރު: (IUL)IM/1/2022/11
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:05
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އިންކުލޫސިވް ސަޕޯރޓް ޔުނިޓްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.

  1. ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް މިސްކޫލްގައި ޤާއިމްކުރެވޭ އިންކުލޫސިވް ސަޕޯރޓް ޔުނިޓްގެ މަރާމާތުގެ މަސައްކަތްކުރުމަށް ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިބީލަމާގުޅޭ މައުލޫމާތު ދިނުން އޮންނާނީ 09 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10.00 ގައި އިމާދުއްދީން ސްކޫލްގައެވެ. ބީލަން ހުށެއޭލޭނީ މައުލޫމަތު ދިނުމުގެ ސެޝަންއަށް ވަޑައިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  13 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ  ހެނދުނު 10.00 ގައި ޢިމާދުއްދީން ސުކޫލުގައެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

ފޯން: , 33157633315759

އީ-މެއިލް: [email protected]

07 ފެބުރުވަރީ 2022