ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)NAH-A-AD/NAH/2022/2
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 23:03
ސުންގަޑި: 15 ފެބުރުވަރީ 2022 14:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނާރސް / ސީނިއަރ ރެޖިސްޓަރޑް ނާރސް /ކްލިނިކަލް ނާރސް މަޤާމަށް މުވައްޒަފުން ހޯދުމަށް

ނ.އަތޮޅު ހޮސްޕިޓަލަށް ރެޖިސްޓަރޑް ނާރސް  / ސީނިއަރ ރެޖިސްޓަރޑް ނާރސް /ކްލިނިކަލް ނާރސްގެ މަޤާމަށް ދިވެހިން ހޯދުމާއި ގުޅޭ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ، ޤާބިލް މީހުންނެވެ.

މަޤާމު

ރެޖިސްޓަރޑް ނާރސް  / ސީނިއަރ ރެޖިސްޓަރޑް ނާރސް /ކްލިނިކަލް ނާރސް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ ޢަދަދު

10 ( ދިހައެއް )

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން

ނަރސިންގ ޕްރޮފެޝަނަލްސް

ޑިވިޝަން / ސެކްޝަން

ނާރސިން ސަރވިސް

މަޤާމު އޮތް އޮފީސް

ނ. އަތޮޅު ހޮސްޕިޓަލް

 

ވަޒީފާ އަދާކުރަންޖެހޭ ތަން

ނ. އަތޮޅު ހޮސްޕިޓަލް

 

މަޤާމު

ސިވިލްސަރވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ މަހަކު (ރުފިޔާ)

ރެޖިސްޓަރޑް ނާރސް

CS8-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

-/9060

CS8-2

ރެޖިސްޓަރޑް ނަރސް ، ސީއެސް 8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިންސައްތައިން މާކްސް ހޯދާފައިވުން

-/9210

 

CS8-3

މޯލްޑިވްސް ނަރސިންގ މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށް ފައިވުން

-/9360

ސީނިއަރ ރެޖިސްޓަރޑް ނާރސް

CS10-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ  ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު ، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/9670

CS10-2

ރެޖިސްޓަރޑް ނަރސް ، ސީއެސް 1-10 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން .

-/9920

CS10-3

ސީނިއަރ ރެޖިސްޓަރޑް ނަރސް ސީއެސް 2-10 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން  ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން .

-/10160

ކްލިނިކަލް ނާރސް

CS12-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ  ކައުންސިލް ޤަބޫލުކުރާ  ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ  ލިބިފައިވުން .

-10410

 

CS12-2

ކްލިނިކަލް ނަރސް ސީއެސް 1-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

-/10660

 

CS12-3

ކްލިނިކަލް ނަރސް ، ސީއެސް 2-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

-/10940

ސަރވިސް އެލަވަންސް

  • ހޮސްޕިޓަލްގެ ލެވެލް 3 އަދި 24 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް- މަސައްކަތް ނުކުންނަ ކޮންމެ ދުވަހަކަށް -/188 ރުފިޔާ
  • ހޮސްޕިޓަލްގެ ލެވެލް 2 އަދި 16 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް- މަސައްކަތް ނުކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
  • ހޮސްޕިޓަލްގެ ލެވެލް 1 އަދި 8 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް- މަސައްކަތް ނުކުންނަ ކޮންމެ ދުވަހަކަށް -/120 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

1. ބަލިމީހުންނަށް ނަރސިންގ ކެއަރދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު  އެމީހުންގެ ޖިސްމާނީ ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން .

2. ބަލިމީހުންނަށް ދިމާވާ އާދަޔާޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެ ޑޮކްޓަރަކަށް އެންގުން.

3. ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށްދެވޭ ފަރުވާގެ ރިހެބިލިޓޭޝަނާބެހޭގޮތުން އެމީހުންނަށް މަޢުލޫމާތުދިނުން.

4.  ކުޑަވަގުތުކޮޅަކަށް ބާއްވައިގެން ފަރުވާދޭންޖެހޭ ފަރާތްތަކަށް އޮބްޒަވޭޝަން ޚިދުމަތްދިނުމުގެ ކަންތައްތައް ބެލެހެއްޓުން.

5. ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި ، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖުކުރުން .

6. ޞިއްޙީގޮތުން މީހުންހޭލުންތެރިކުރުމަށާއި ހެލްތު ޕްރޮމޯޝަން ސެކްޝަނުން ހިންގޭތަފާތު ޕްރޮގްރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

7. ޑިއުޓީއާއި ޙަވާލުވުމުގެކުރިން އިންވެންޓްރީ ޗެކްކޮށް މަދުވާތަކެތި ރިޕްލޭސްކުރުން .

8. ޞިއްޙީމަރުކަޒުން ބަލިމީހަކު މާލެ ނުވަތަ އެހެންވެސް ތަނަކަށް ރިފަރކުރަންޖެހިއްޖެ ހާލަތެއްގައި އެމީހަކާއެކު އެތަނަކަށް ދިއުން.

9.  ޞިއްޙީމަރުކަޒުގެ ސާފުތާހިރުކަން  ދެމެހެއްޓުމާއި ޔުނިވަރސަލް އިންފެކްޝަން ޕްރޮޓޮކޯލްއާއި އެއްގޮތަށް ޢަމަލުކުރުން .

10. ސެކްޝަނުން ފޯރުކޮށްދޭ ޚިދުމަތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި ތަފާސް ހިސާބުތަކާއި ލިޔުންތައް ތައްޔާރުކުރުން .

11. ނަރުހުންގެ އިންޗާރޖުގެ ހައިސިއްޔަތުން މަސައްކަތްކުރަންޖެހިއްޖެނަމަ ، ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ކޮންމެ ހަފްތާއެއް ފެށުމުގެ ކުރިން މުވައްޒަފުންނަށް ފެންނާނެހެން  ބެހެއްޓުމާއި އެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒުކޮށް އެކަށޭނަ ފީޑުބެކްދިނުން.

12. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން  ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް

- ގައިންގަޔަށް އަރާބަލިތަކަށް އެކްސްޕޯޒުވުން

- ބަލިމީހުންނަށް ބޭނުންކުރާ (ކަށި، ތިލަ އަދި މިނޫނަސް ތޫނުތަކެތިން ) ލިބިދާނެ ގެއްލުމެއް

- ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން

- ބަލިމީހުންގެ ހަށިގަނޑުން ބޭރުވާދިޔަ ( ލޭ، ދޮސް، ހޮޑު، ކުޑަކަމުދާއެއްޗެތި، ބޮޑުކަމުދާ އެއްޗެތި) ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން

- ރޭޑިއޭޝަން ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން

- އާމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފުސާނީ  ގެއްލުންތައް

ގުޅޭވަޒީފާގެ ދާއިރާތައް

ނާރސިންގ

ތަޢުލީމީ ރޮނގުތައް

ނާރސިންގ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ http://www.csc.gov.mv/download/2538  )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

  1. މުއްދަތުހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

  ވަޒީފާއަށް އެދޭ ފޯމް ހޮސްޕިޓަލް އޮފީހުން ލިބެން ހުންނާނެއެވެ.   މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 15 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ނ. އަތޮޅުހޮސްޕިޓަލަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.   

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 24 ފެބުރުވަރީ 2022 ން 28 ފެބުރުވަރީ 2022 އާއި ދެމެދު ނ.އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  6560037 އެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/download/2562 އިން ލިބެން ހުންނާނެއެވެ.

06 ފެބުރުވަރީ 2022