ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-MCEP/438/2022/36
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 21:50
ސުންގަޑި: 15 ފެބުރުވަރީ 2022 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ކަމިންސް ބްރޭންޑް ގެ ޖެނެރޭޓަރ ސްޕެއަރ ޕާރޓްސް ސަޕްލައިކޮށްދިނުމުގެ މަސައްކަތް- ދެވަނަ ޓެންޑަރ

(IUL)438-MCEP/438/2022/36 :އިޢުލާން ނަންބަރު   

            ތާރީޙް: 6 ފެބްރުއަރީ 2022   

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކަމިންސް ބްރޭންޑް ގެ ޖެނެރޭޓަރ ސްޕެއަރ ޕާރޓްސް ސަޕްލައިކޮށްދިނުމުގެ މަސައްކަތް- ދެވަނަ ޓެންޑަރ

ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން ކަމިންސް ބްރޭންޑްގެ ޖެނެރޭޓަރ ސްޕެއަރ ޕާރޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)438-WMPC/438/2021/377 އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މި މަސައްކަތަށް ޝަރުތު ހަމަވާ، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުޅަހެޅުމުގެ ދަޢުވަތު އަލުން އަރުވަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 10 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޚުން ފެށިގެން 09 ފެބްރުއަރީ 2022 ގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑް ވެލިޑިޓީ އަދި ބިޑު ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 15 ފެބުރުވަރީ 2022 ގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ  ވެލިޑިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަސް ކަމުގައި ވާންވާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު  15 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 11:00 ގެ ކުރީން ބީލަން ހުށަހެޅުއްވުން އެދެމެވެ.

އެޑްރެސް:

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ހަނދުވަރީ ހިނގުން، 20392

މާލެ، ދިވެހިރާއްޖެ

އީމެއިލް:  [email protected]

ފޯން: 3018441 / 3018451

06 ފެބުރުވަރީ 2022