ތަމްރީނު
ނަންބަރު: (IUL)335-AS/335/2022/24
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 15 ފެބުރުވަރީ 2022 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިންޑޯރ ޖިމަށް ބޭނުންވާ އިންސްޓްރެކްޓަރުން ތަމްރީނުކުރުން

ދުޅަހެޔޮ މުޖުތަމައެއްގެ ވެރި ބަޔަކަށް ޒުވާނުންނާއި ރައްޔިތުން ހެދުމަށްޓަކައި ރަށުގައި  ކައުންސިލްގެފަރާތުން ޤާއިމުކުރާ އިންޑޯ ޖިމް  ހިންގުމަށް ބޭނުންވާ  އިންސްޓްރެކްޓަރުން ތަމްރީނު ކުރަން ބޭނުންވެއްޖެއެވެ. މިގޮތުން ބޭނުންވަނީ، ގިނަވަޤުތު ޚިދުމަތް ދެވޭނެ ފަދަ ދުޅަހެޔޮ ޞިއްހަތެއްގައި ހުރި ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ  1 އަންހެން އަދި 1 ފިރިހެން އިނިސްޓްރެކްޓަރ އެވެ. އަދި ތަމްރީނު ވުމަށް ދާންޖެހެނީ މާލެއަށް ކަމަށްވާތި މާލެ ދިއުމާއި އަދި އެބުރިއައުމުގެ ދަތުރު ޚަރަދު އަދި ކެއުމަށްކަނޑައެޅޭ އުޞޫލުން ފައިސާ ދެވޭނެއެވެ. ތަމްރީނު ވުމަށް ކަނޑައެޅެ މުއްދަތުގައި  ތަމްރީނު ފުރިހަމަކުރުމާއެކު  މަދުވެގެން 1 އަހަރު ކައުންސިލަށް ޚިދުމަތް ކޮށްދެއްވަންޖެހޭނެއެވެ. މިގޮތުން ޚިދުމަތް ކުރާއިރު ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އެލަވަންސް ހަމަޖައްސައި ދެވޭނެއެވެ.  

             ވީމާ  މިކަމަށް ޝަވްޤުވެރިކަން ހުންނަ ފަޜާތްތަކުން 15 ފެބްރުވަރީ 2022 ގެ 14:00 ގެކުރިން މިއިދާރާއަށް ވަނަވަރު ބަޔާންކޮށް   ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.  އިންސްޓްރަކްޓަރުން ތަމްރީނުކުރަށް ނަން ހުށަހެޅުމުގެ ފުރުސަތު ކުންފުނިތައް، އަދި ކުލަބް ޖަމުޢިއްޔާ ޖަމާޢަތްތަކަށްވެސް ހުޅުވާލެވިފައިވާތީ މިމުއްދަތަށް ހުށަހެޅުއްވުން އެދެމެވެ.

             ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

06 ފެބުރުވަރީ 2022