ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-RM/INDIV/2022/05
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 22 ފެބުރުވަރީ 2022 14:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްގާ ގަހެއްގެ ވެރިފަރާތެއް ހޯދުން

ޅ. ކުރެން އަސުރުމާގެ ކިޔާ ގޯތީގެ ހުޅަނގު އުތުރު ކަނާއި ދިމާއިން މަގުމަތީގައި، އުރީދޫ ސައިޓްގެ އިރުމަތީ ފަރާތު މަގުގެ އުތުރުކޮޅުގައި ހުރި ދިއްގާ ގަހުގެ ސަބަބުން އެސަރަހައްދުގެ ގޭގެއަށާއި މަގު ބޭނުން ކުރާ ފަރާތްތަކަށް އިންތިހާއަށް ދަތިވަމުން ދާކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. އެގަހުގެ ވެރިފަރާތުން އެގަސްދޮށް ކުނިކަހާ ސާފުކޮށް ނުގެންދާކަން ފާހަގަކުރަމެވެ. އެގަހުގެ ވެރިފަރާތެއް ނުވަތަ ވެރިފަރާތްތަކެއް ވާނަމަ، 22 ފެބްރުއަރީ 2022ވާ އަންގާރަ ދުވަހުގެ 14:00ގެކުރީން ބުޑާއެކު، އެގަސް، ނަންގަވާ ބިންސާފު ކުރެއްވުމަށް އަންގަމެވެ. މިމުއްދަތު ހަމަވާއިރު، ގަހުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތްތަކުން އެ ގަސް ނުނަންގަވައިފިނަމަ، ކުނީގެގޮތުގައި އެގަސް ނައްތާލެވޭނެއެވެ. އެކަމުގެ ސަބަބުން ގަހުގެ ވެރިފަރާތަށް ލިބިދާނެ މަދަނީ ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުއުފުލާނެ ކަންވެސް އެގަހުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތްތަކަށް އަންގަމެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ. 

06 ފެބުރުވަރީ 2022