ކުއްޔަށް ހިފުން
ނަންބަރު: MTCC-PD/IU/2022/0034
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 13 ފެބުރުވަރީ 2022 10:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ އަތޮޅުތެރޭގެ ފެރީ ނިޒާމްގައި ބޭނުން ކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް:

އެމްޓީސީސީގެ އަތޮޅުތެރޭގެ ފެރީ ނިޒާމްގައި ބޭނުން ކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ MTCC-PD/IU/2021/0473 (10 ނޮވެމްބަރު 2021) އަށް އިތުރަށް ފެރީ ބޭނުންވެއެވެ.

 

ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުން

13 ފެބުރުވަރީ 2022

އާދިއްތަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

20 ފެބުރުވަރީ 2021

އާދިއްތަ

10:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށް މަތީގައި ބަޔާންކުރެވިފައިވާ ގަޑިއަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޚާޒިރުވެ  ވަޑައިނުގަންނަވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

06 ފެބުރުވަރީ 2022