ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުންދޭ ދޭ މަޢުލާމާތާއި އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2022/25) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އަދި ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/Tenders/page/1 މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 06 ފެބްރުއަރީ 2022 އިން 08 ފެބްރުއަރީ 2022 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 09 ފެބްރުއަރީ 2022 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އަދި ހދ. ކުޅުދުއްފުށި ފުރަންޓު އޮފީހުގައެވެ.
ބިޑް ކުރިއަށް ގެންދާނެ ތާވަލް
ތަފްސީލް |
ތާރީހް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
10 ފެބްރުއަރީ 2022 |
11:30 |
ހދ. ކުޅުދުއްފުށި ފުރަންޓު އޮފީސް ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ސީ.އެސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ) |
އަގު ހުށައެޅުން |
14 ފެބްރުއަރީ 2022 |
11:30 |
ހދ. ކުޅުދުއްފުށި ފުރަންޓު އޮފީސް ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ސީ.އެސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ) |
ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް