ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2022/13
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 22:01
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި އުޅަނދުފަހަރު އެޅުމާއި ގުޅޭ:

މިކައުންސިލުން ފާސްކޮށްފައިވާ ބަނދަރު ބެލެހެއްޓުމުގެ އުސޫލާއި ހިލާފަށް ބައެއް ފަރާތްތަކުން އުޅަނދުފަހަރު އަޅަމުންގެންދާތީ އެކަމުގެ ޝަކުވާ ދަނީ މިކައުންސިލަށް ލިބެމުންނެވެ. މިގޮތުން، ލަފާ ފުރުމަށް ޙާއްސަ ކުރެވިފައިވާ ސިޑި ހިމެނޭ ސަރަޙައްދުގައި އުޅަނދުފަހަރު ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރަށް ބޭއްވުމާއި، އުޅަނދުފަހަރު އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައދުތައް ނޫން އެހެން ސަރަޙައްދުތަކުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުން، ގިނަ ޝަކުވާތައް މިކައުންސިލަށް ލިބެމުންދެއެވެ. އުސޫލާ ހިލާފަށް އަޅާފައިވާ އުޅަނދުފަހަރު އުސޫލާ އެއްގޮތަށް ބަދަލުކޮށް، އުސޫލާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މިކައުންސިލުން އިލްތިމާސް ކުރަމެވެ.

                    ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

02 ފެބުރުވަރީ 2022