ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2022/11
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 21:53
ސުންގަޑި: 08 ފެބުރުވަރީ 2022 14:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ޓެކާރސް" މުބާރާތާއި ގުޅޭ:

މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ "ޓެކާރސް" ފުޓްސަލް މުބާރާތުގައި ބޮޑުފޮޅުދޫގެ ނަމުގައި ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ މިރަށް ހިމެނޭ "އއ" ގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގައެވެ. އަދި ޓީމް އެކުލަވައިލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. މިގޮތުން ސްކޮޑް ނެގުމަށްޓަކައި ޕްރެކްޓިސް ފެށުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ކުޅުންތެރިން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.

https://docs.google.com/forms/d/1VC3SeNinvY1a96GCc-aO_iBJtUiEWQd6tV7kiSZsP4o/edit?usp=sharing

   ވީމާ މިކަން އެންގުމަށްޓަކައި އާންމުކޮށް އިއުލާންކުރީމެވެ.

02 ފެބުރުވަރީ 2022