މަސައްކަތް
ނަންބަރު: (IUL)417-CA/417/2022/11
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި:
13 ފެބުރުވަރީ 2022 13:15
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡަކު ހޯދުން؛
މިރަށު މަސްޖިދުލްފުރުޤާންގައި 1443 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލް އިދާރާއަށް ޙާފިޡަކު ހަމަޖައްސަވައި ދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2022 ފެބުރުއަރީ 13 ވަނަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު:
- · ޙާފިޡް ވާންޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޡް ކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
- · ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްޞަ ވިސާގެ ފޯމްގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
- · 2022 މާރިޗު 31 ވަނަ ދުވަހުގެ ކުރިން ޙާފިޡް ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ. އަދި ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ނިމުމާއެކު ގިނަވެގެން 03 ދުވަހުގެ ތެރޭގައި ޙާފިޡް ހޯޑެއްދޫއިން ފުރުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
- · ޙާފިޡް ހޯނޑެއްދޫ އަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ހުރިހާ ދަތުރުތަކުގެ ޚަރަދުތައް ކުރަންޖެހޭނީ ޙާފިޡް ގެނެސްދޭ ފަރާތުންނެވެ.
- · ޙާފިޡް ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލްގެ ފަރާތުންނެވެ.
ޕޮއިންޓް ދެވޭނެ މިންގަނޑު
- ހުށަހަޅާ އަގަށް 80 މާކްސް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)
- ތަޖުރިބާއަށް 20 މާކްސް (އެންމެ ގިނަ ތަޖުރިބާގެ ލިޔުންތައް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ފެބުރުވަރީ 2022