ދިވެހިރާއްޖެ
ގައްދޫ އަލަފެކްޓަރީ ހިންގި ޢިމާރާތް ވިޔަފާރި އުސޫލުން، އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މަދަނީ އަދި ކްލަބް ޖަމްޢިއްޔާތަކަށެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވަން އެދޭ ފަރާތްތަކުން 10 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ސުވާލުތަކަށް ޖަވާބުދިނުން ހިނގާނީ ފޯނުން އަދި އީމެއިލްގެ ޒަރިއްޔާއިންނެވެ. ސުވާލުތައް ފޮނުއްވާނީ:
- އީމެއިލް: [email protected]
- ފޯން ނަންބަރ: 7929395
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 17 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 އެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ގައްދޫ ކައުންސިލް އިދާރާ އަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި ތާރީޚް އަދި އިޢުލާން ނަމްބަރު ލިޔެވިފައި އޮންނަން ވާނެއެވެ.
02 ފެބްރުއަރީ 2022