މަސައްކަތް
ނަންބަރު: GS47/2022/05
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 17 ފެބުރުވަރީ 2022 13:00
މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

 


          އިޢުލާން

2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 13 ޑިސެމްބަރ 2021 ގައި ކުރި ނަމްބަރ GS47/2021/39 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ. 

ވީމާ، މިކަން ކުރަން އެދޭ ފަރާތްތަކުން 10 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހު  މެންދުރު 13:00ށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 09 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ ކުރިން ރަސްމީ ކޮންމެ ދުވަހެއްގެ 8:00 އާއި 12:00 އާއި ދެމެދު ސްކޫލް އޮފީހަށް ގުޅުއްވާ ބީލަމުގައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިއުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މިސްކޫލްގެ ފޯނު 6560001 އަށް ގުޅުއްވުން އެދެމެވެ.    

        02 ފެބްރުއަރީ 2022

02 ފެބުރުވަރީ 2022