ދިވެހިރާއްޖެ
ނަންބަރު: 242/242/2022/4(IUL)
އިޢުލާން
" ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕް ގދ. އަތޮޅު މުބާރާތް 2022 " ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، މިކައުންސިލާ ގުޅިގެން މި އަހަރުގެ މާރޗް މަހުގެ 19 ވާ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕް ގދ. އަތޮޅު މުބާރާތް 2022" ފިރިހެން ޑިވިޜަނާއި، އަންހެން ޑިވިޜަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށަކުން ފިރިހެން ޑިވިޜަންގެ ޓީމަކަށާއި، އަންހެން ޑިވިޜަންގެ ޓީމަށެވެ. މިފަދަ ޓީމުތަކަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް/ ޖަމްޢިއްޔާތަކުގެ ތެރެއިން މި މުބާރާތުގައި އެރަށް ތަމްސީލުކުރުމަށް ރަށުކައުންސިލުގެ އެންޑޯޒްމަންޓް ލިބިފައިވާ ޓީމަކަށް ވާންވާނެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކުލަބް / ޖަމްޢިއްޔާތަކުން 15 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ސިޓީއާއެކު ކުލަބް/ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ އާއި، ރަށުކައުންސިލްގެ އެންޑޯޒްމަންޓް ލިޔުން ހުށަހަޅަންވާނެވެ.