ދިވެހިރާއްޖެ
އެޗް.އާރު ސޮފްޓްވެއަރއެއް ގަތުމަށް ބޭނުންވެއްޖެ
މި ބިއުރޯއިން އެޗް.އާރު ސޮފްޓްވެއަރއެއް ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު.46(IUL) 457-AIT/1/2021/ ( 8 ޑިސެމްބަރު 2021 ) އިޢުލާންއާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީއާއި އަދި މިބިއުރޯއިން ދީފައިވާ ސްޕެސިފިކޭޝަންއަށް ބައެއް ބަދަލު ގެނެސްފައިވާތީވެ އެ ބީލަންތައް ބާތިލްކޮށް އަލުން ބީލަން ހުށަހެޅުއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކަށް ދައުވަތު އަރުވަމެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2022 ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 ފެބުރުއަރީ 15 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު.3008484 / 3008400 އަށް ގުޅުއްވުން އެދެމެވެ.