މަސައްކަތް
ނަންބަރު: (IUL)391-F1/391/2022/5
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 08 ފެބުރުވަރީ 2022 00:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކަހާނެ ފަރާތެއް ހޯދުން

                                                

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްކޮށްދޭނޭ ފަރާތްތަކެއް ހޯދުމާބެހޭ (2 ވަނަ)

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެމަތިން މި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް
ބަލަހައްޓައިދޭނޭ ފަރާތްތަކެއް ހޯދުމަށް 18 ޖަނަވަރީ 2022 ގައި ކުރެވުނު ނަންބަރު (IUL)391/391/2022/2 އިއުލާނާއި ގުޅިގެން އެކަށީގެންވާ
އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީވެ މިމަސައްކަތް ކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ފެބުރުއަރީ 2022 (ބުދަ) އިން 08 ފެބުރުއަރީ 2022 (އަންގާރަ) ދުވަހުގެ ނިޔަލަށް
"އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތު ފޯމް" މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިފޯމު އަދި މިއިދާރާއިން ފާސްކޮށްފައިވާ "އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ހޯދައި އައްޔަން ކުރުމުގެ އުސޫލު"
މި އިއުލާނާއެކު އާންމު ކުރަމެވެ.
މީގެ އިތުރުން ފޯމު ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާއިން ރަސްމީގަޑީގައި ލިބެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ފޯމު ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުމަށް ސަމާލުކަން
ދެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރަމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާގެ ނަންބަރު 6780702 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް
އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

02 ފެބުރުއަރީ 2022

                                              އިސްމާޢީލް އިބްރާހީމް

                                               ކައުންސިލުގެ ރައީސް

01 ފެބުރުވަރީ 2022