ބީލަން
ނަންބަރު: 276-A/2022/08
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 21 ފެބުރުވަރީ 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ބިލެތްފަހީގައި ފުޓްސަލްދަނޑެއް އެޅުމަށް ބީލަން ހުށައެޅުމުގެ ދަޢުވަތު

  މިކައުންސިލުންދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގައި އޭ ގްރޭޑްގެ ފުޓްސަލްދަނޑެއް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

   ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  ބީލަން ހުށަހެޅުއްވުން އެދެމެވެ. " ބީލަން ހުށައަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލްތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަންރަޖިސްޓުރީވުމަށް ބޭނުންވާ ފަރާތްތަކުން 01 ފެބުރުއަރީ 2022 އިން 07 ފެބުރުއަރީ 2022 ގެ 13:00 އާއިދެމެދު މި އިދާރާއަށް ވަޑާގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށްދަންނަވަމެވެ.

ލިންކް: https://docs.google.com/forms/d/e/1FAIpQLScYonHL-1mOkg70Vwq0TzeiDtQkioIL3_Z13TRjrBCjV90G9A/viewform?usp=sf_link  

 

މަޢުލޫމާތު ސާފުކުރުން

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 13 ފެބުރުއަރީ 2022 ވާ (އާދިއްތަ) ދުވަހުގެ 13:00 ގައި، ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 07 ފެބުރުއަރީ 2022 ވާ (ހޯމަ) ދުވަހުގެ 12:00 ގެ ކުރިން [email protected]  އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540047 ނުވަތަ 7904032 ނަމްބަރާއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

ބީލަން ހުޅުވުން އޮންނާނީ 21 ފެބުރުވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00 ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

 މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ ޤާނޫނު ނަންބަރު 96/10" ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 2007/3" ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު"، ޤާނޫނު ނަންބަރު 2011/13 "ޕާޓްނަރޝިޕްގެ ޤާނޫނު"، ޤާނޫނު ނަންބަރު 2013/6" ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"، ޤާނޫނު ނަމްބަރު 2014/18" ވިޔަފާރި ރަޖިސްޓަ ރީ ކުރުމުގެ ޤާނޫނު" އަދި ޤާނޫނު ނަމްބަރު 2014/19" އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

       މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.

01 ފެބުރުވަރީ 2022