ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)272-ESMS/272/2022/08
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 08 ފެބުރުވަރީ 2022 13:30
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ނޫމަރާ ކައުންސިލް އިދާރާ އަށް ވަގުތީ މުވައްޒަފުން ހޯދުމަށް

`

 

 

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް އިދާރާ

 ނޫމަރާ، ދިވެހިރާއްޖެ     

ނަންބަރު:(IUL)272-ESMS/272/2022/8

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

 

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ވަގުތީ (06 މަސް ދުވަސް) މަސައްކަތަށް ރަނގަޅުނަމަ މަޤާމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ، ށ.ނޫމަރާ

މުސާރަ:

-/4465 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ (މަހަކު)

މިނިމަމް ވޭޖް އެލަވަންސް:

-/1100 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 700.00 ރުފިޔާ (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
    1. ރަށުގައި ހިނގާ މުޙިއްމު ކަންތައްތަކާއި ކައުންސިލް އިދާރާއިން ކުރެވޭ މަސައްކަތްތަކުގެ ފުރިހަމަ މަޢުލޫމާތު ހިމެނޭގޮތަށް އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުމާއިއެކު ކޮންމެ ހަފުތާއަކު އެއްފަހަރު ރައިސް ނުވަތަ އެދުވަހަކު ކައުންސިލް އިދާރާގެ އެއްމެހާކަންތައް ބެލެހެއްޓުމަށް ރައީސް ކަނޑައަޅުއްވާފައި ހުރި އިސްވެރިޔަކު ލައްވާ ސޮއިކުރުވުން
    2. ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ވަޒީފާތަކަށް މުވައްޒަފުން ހޯދުމާއި މުވައްޒަފުން ވަކިކުރުމާއިބެހޭ އެއްމެހާ  ކަންތައް ސިވިލް ސަރވިސް ޤަވާއިދާ އެއްގޮތަށް ކުރުން
    3. ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން މުވައްޒަފުންނާއިމެދު ފިޔަވަޅުއެޅުމާއި އަންގަންޖެހޭ އެންގުންތައް އެންގުން.
    4. ސިވިލް ސަރވިސްގައި ނުހިމެނި ނަމަވެސް ކައުންސިލް އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމާއި އެކަމާބެހޭ އެންމެހާ ކަންތައް ހިންގާ ބެލެހެއްޓުން (ރެކޯޑް ބެލެހެއްޓުން)
    5. ކައުންސިލް އިދާރާއާއި މިސްކިތްތަކުގެ މުވައްޒަފުން ސޮއިކުރާފޮތް (ޙާޟިރީ) ހަދާބެލެހެއްޓުން
    6. ކޮންމެ މީލާދީ މަހެއްގެ މުވައްޒަފުންގެ ޙާޟިރީ ރިޕޯޓު ޖެހިގެން އަންނަމަހުގެ 5 ވަނަދުވަހުގެ ކުރިން ހަދާ އިދާރާ ހިންގަވަން ހުންނެވި ވެރިޔަކު ލައްވާ ސޮއިކުރުވުން
    7. ކައުންސިލްގެ ޖަލްސާތައް ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި ކައުންސިލް ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިތުރުން ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް އަންގަންވާ ފަރާތްތަކަށް ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތީން އެންގުން.
    8. ޒިންމާދާރުވެރިޔާގެ މަޝްވަރާގެމަތީން މުވައްޒަފުންނަށް ޗުއްޓީ ދީނުމާއި ޗުއްޓީ ރެކޯޑްބެލެހެއްޓުން.
    9. ވަކި މުވައްޒަފަކާއި ޙަވާލުކޮށްފައިނުވާ، ރަށު ކައުންސިލުން ދޭންޖެހޭނެކަމަށް ޤާނޫނަކުން ކަނޑައަޅާ ޚިދުމަތްތައް ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެމަތިން ދިނުން.
    10. ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ވަކިވެއްޖެނަމަ ލަސްވެގެން 45 ދުވަހުގެތެރޭގައި ކައުންސިލަށް މެމްބަރު ނުވަތަ މެމްބަރުން އިންޠިޚާބުކުރުމުގެ ކަންތައް ކަމާއިގުޅޭ މުވައްސަސާތަކާއި ގުޅިގެންކުރުން.
    11. އިލެކްޝަންސް ކޮމިޝަނުން ރާވާ އުޞޫލެއްގެ މަތީން އިންތިޙާބުތަކާބެހޭ އެންމެހާކަންތައް ހިންގާ ބެލެހެއްޓުން.
    12. ލާމަރުކަޒީ ޤާނޫނުގެ 108 ވަނަމައްދާގެ (ހ) އާއި ށ ގައިބުނެފައިވާ ރިޕޯޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުން.
    13. ލާމަރުކަޒީ ޤާނޫނުގެ 109 ވަނަމާއްދާގެ (ހ) ( ކޮންމެއަހަރެއްގެ ޖުލައި 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ 6 މަހު) އަދި (ށ) (ކޮންމެ އަހަރެއްގެ ޖަނަވަރީ 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ އަހަރުގެ ކައުންސިލުން ހިންގި ހަރަކާތްތަކާއި އަންނަން އޮތް އަހަރު ހިންގުމަށްރާވާފައިވާ ހަރަކާތްތަކުގެ) ޙުލާސާ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
    14. ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރުވެރިކަން ފާހަގަކޮށް އެފަދަ ފުރުޞަތުތައް މުވައްޒަފުންނަށް ހަމަހަމަ އުސޫލަކުން ހޯދަދިނުން.
    15. ކައުންސިލް އިދާރާގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުން.
    16. އިދާރާއަށް ޒިޔާރަތްކުރާ އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމާއި  މެހުމާންދާރީ އަދާކުރުމުގެ ކަންތައް އިންތިޒާމުކޮށް  ބެލެހެއްޓުން.
    17. ޔަތީމު ކުދިންނާއި އެކަނިވެރި މައިން ނުވަތަ ބަފައިންގެ ގޮތުގައި އެހީލިބޭ ފަރާތްތަކުގެ ރަޖިސްޓްރީއެއްހަދާ ބެލެހެއްޓުމާއި އެކު އެފަދަ ފަރާތެއް ނިޔާވެއްޖެނަމަ ނުވަތަ ޙާލަތު ބަދަލުވެއްޖެނަމަ ލަސްވެގެން މަސައްކަތު 5 ދުވަހުގެ ތެރޭގައި އެކަން ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީއަށް އެންގުން.
    18. ކައުންސިލް އިދާރާއިން ބައިވެރިވާ ނުވަތަ ބައިވެރިކުރާ މުބާރާތްތަކުގެ އިދާރީ މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުމުގެ އިތުރުން ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތަކުގެ އިދާރީ އެންމެހާ ކަންތައް ބެލެހެއްޓުން.
    19. ކައުންސިލް އިދާރާއަށް ލިބޭ އެކިއެކި ކޯސް، ވަރކްޝޮޕް، ބައްދަލުވުން، ސެމިނަރތަކަށް ފޮނުވާނެ ފަރާތްތަކައި ފޯކަލްޕޮއިންޓްގެގޮތުގައި ކަނޑައަޅަންޖެހޭ ފަރާތްތައް ސެކްޝަންހެޑްގެ މަޝްވަރާގެމަތިން ކަނޑައަޅާ އަންގަންޖެހޭ ފަރާތްތަކަށް ޤަވާއިދުން އެންގުން.
    20. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެންމެހާ ކަންތައްތައް ރޭވުމާއި، ހިންގުމާއި، ތަރައްޤީކޮށް، ބެލެހެއްޓުން.
    21. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަޔަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތީން ކުރުން. 
    22. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް ފުރިހަމަޔަށް ޖަވާބުދާރީވުން.
    23. މީގެއިތުރުން ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން އިދާރާގެ ވެރިން އަންގަވާ ކަންތައްތައްކުރުމާއި އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން
    24. ކައުންސިލްގެ ދުވަސްވީ ލިޔުންތައް ސްކޭންކޮށް ބެލެހެއްޓުން.
    25. އެންޓްރީ ބެލެހެއްޓުން.
    26. ހަމަޖެހިފައިވާ އުސޫލުން އިދާރާ ހުޅުވާ ލެއްޕުމުގެ ކަންތައް ބެލެހެއްޓުން.
    27. އެކި ފަރާތްތަކަށް ލިޔުންތައް ޖެމްސް ކުރުމާއި މެއިލްކުރުން.
    28. މަޤާމުގެ މަސައްކަތާއި ގުޅުންހުރި ލިޔުންތަކާއި، ރިޕޯޓްތައްލިޔެ ތައްޔާރުކުރުމާއި، ފައިލުކުރުން.
    29. ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ޔުނިޓުން ހޯދައި ފޮނުވުން.
    30. ކައުންސިލް އިދާރާ ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ލިޔެކިޔުން ބެލެހެއްޓުން.
    31. ކޮންޓްރެކްޓް މުވައްޒަފުންގެ ޑިޔުޓީ ހަމަޖައްސައި ބެލެހެއްޓުން.
    32. ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި، ކައުންސިލްގެ އިދާރާ މެދުވެރިކޮށް މުސާރަ ދޭންޖެހޭ މުވައްޒަފުންނަށް (މިސްކިތު އިމާމުން) ކޮންމެ މަހެއްގެ ވެސް އެމަހެއްގެ ރަސްމީ މަސައްކަތު އެންމެ ފަހު ދެދުވަހުގެ ތެރޭގައި ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
    33. ކައުންސިލަށް ފައިސާދައްކަން ޖެހޭ ފަރާތްތަކަށް ރައްދުކުރުމަށް ތައްޔާރުކުރަންޖެހޭ އިންވޮއިސްތައް ވިޔަމޮޑިއުލްގެ ތެރެއިން ތައްޔާރުކޮށް އެފަރާތްތަކަށް އިންވޮއިސް ފޮނުވުން
    34. ކައުންސިލަށް ލިބޭ ބިލްތަކުގެ ތެރެއިން ވިޔަ މޮޑިއުލްގެ ތެރެއިން ތައްޔާރުކުރެވޭ ބިލް އެންޓްރީގައި ނުހިމެނޭ ބިލްތަކުގެ (ކަރަންޓްބިލް، ފޯން ބިލް، އިންޓަނެޓް ބިލް، ފެން ބިލް، އެގްރީމެންޓްތަކާއި ގުޅިގެން ލިބޭ ބިލްތަކުގެ) ބިލް އެންޓްރީ މެނުއަލްކޮށް ތައްޔާރުކޮށް ޤަވާއިދުން އަދާހަމަ ކުރަމުން ގެންދިޔުން
    35. ފައިސާ ބަލައިގަތުމުގެ މަސައްކަތްކުރާ ދުވަހެއްނަމަ، އެދުވަހެއްގެ ފައިސާ ބަލައިގަންނަ ވަގުތު ހަމަވުމުން، އެދުވަހަކު ނަގުދުން ބަލައިގެން ފައިސާ ތިޖޫރީއަށް ލުމަށް ތިޖޫރީ ބަލަހައްޓާ މުވައްޒަފާއި ޙަވާލުކުރުން.
    36. ދަޢުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމަށް ޤަވާއިދުން ޓީ-ފޯމް ތައްޔާރުކޮށް ބެންކް މެދުވެރިކޮށް ޖަމާކުރުން
    37. ކައުންސިލް ހިންގުމަށް ދަޢުލަތުން ދެއްވާ ގްރާންޓް ފައިސާއާއި، އާމްދަނީން ލިބޭ ފައިސާއާއި، އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ ވިޔަ މޮޑިއުލްގެ ތެރެއިން ބަލައިގަތުމުން އެޑްވާންސް ޕޭމެންޓް ވައުޗަރ ތައްޔާރުކޮށް، އޭ،ސީ.އާރު ރިކައުންސިލްކޮށް ވިޔަ މޮޑިއުލްގެ ތެރެއިން ކޯޑްތަކަށް އެފައިސާ ރިލީޒް ކުރުމުގެ މަސައްކަތް ކުރުން
    38. ކައުންސިލުން ތައްޔާރުކުރަންޖެހޭ އެންމެހާ ޕޭމަންޓް ވައުޗަރތައް މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ވިޔަމޮޑިއުލްގެ ތެރެއިން ތައްޔާރުކޮށް، ސޮއިކުރުވުމަށްފަހު، ބެންކް މެދުވެރިކޮށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުމުގެ އެންމެހައި މަސައްކަތްތައް ކުރުން. އަދި ފައިސާ އެފަރާތްތަކަށް ދެއްކިއްޖެކަން ޔަޤީންކުރުމަށްފަހު، ޕޭމަންޓް ވައުޗަރާއި އެއްހީރަސްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް އެއްހީރަސް ކުރުމަށްފަހު، ޤަވާއިދުން ވިޔަމޮޑިއުލްގައި ޕީ.ވީތައް އެޓޭޗްކުރަމުން ގެންދިޔުން
    39. ސެކުޝަނުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ / މެސެޖް/ ރިޕޯޓް ފަދަ ތަކެތި ފޮނުވައި ޤަވާއިދުން ފައިލްކުރުން
    40. ކޮންމެ އަހަރެއްގެ ޖުލައި 31 ގެ ކުރިން ކުރިއަށް އޮތްއަހަރުގެ ކައުންސިލްގެ ބަޖެޓް ވެރިން އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް ޤާނޫނުން ލާޒިމްކުރާ މުއްދަތުގެ ތެރޭގައި އަތޮޅު ކައުންސިލަށް ފޮނުވުން
    41. ކައުންސިލުން ބަޖެޓް ފާސްކޮށްދެއްވުމުން، ވިޔަމޮޑިއުލްއަށް ބަޖެޓް އެންޓަރކުރުން
    42. ކޮންމެ އަހަރެއްގެ މާރޗް މަހުގެ 31 ގެ ކުރިން ހުށަހަޅަންޖެހޭ ނިމިދިޔަ އަހަރުގެ މާލީ ބަޔާން ތައްޔާރުކުރުމުގައި މާލީޒިންމާދާރުވެރިޔާ އަންގަވާ ގޮތެއްގެ މަތިން މަސައްކަތްކޮށްދިނުން
    43. ކައުންސިލުން ތައްޔާރުކުރާ ރިޕޯޓްތަކަށް ބޭނުންވާ ބަޖެޓާއި ގުޅޭ އެންމެހައި މަޢުލޫމާތު ރިޕޯޓްތައްޔާރުކުރާ މުވައްޒަފަށް ފޯރުކޮށްދިނުން
    44. މުވައްޒަފުން ރަސްމީ ބޭނުމުގައި ރަށުންބޭރަށް ކުރާ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުން
    45. އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާ ޤަވާއިދުން އެފަރާތްތަކާ ހަވާލުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން
    46. ކައުންސިލްގެ އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ، ތިޖޫރީ ބަލަހައްޓާ މުވައްޒަފު އަންގަވާ ގޮތެއްގެ މަތިން ޖަމާކުރުމާއި،ޖަމާކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުން
    47. ސެކްޝަންގައި އެކުގައި މަސައްކަތްކުރައްވާ އިދާރީ މުވައްޒަފު ސަލާމް/ޗުއްޓީ ނެންގެވުމުން އެމުވައްޒަފުގެ މަސައްކަތްތައް ކުރުން
    48. ކައުންސިލުން ކުރިޔަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން

 

މަޤާމުގެ ޝަރުޠުތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

 

2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާންއަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސުކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޫމަރާ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 10 ފެބުރުވަރީ 2022 އާއި 14 ފެބުރުވަރީ 2022 އާ ދެމެދު، ނޫމަރާ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، އެމުއްދަތުގައި އިންޓަވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540042 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

29 ޖުމާދަލްއާޚިރާ 1443

01 ފެބުރުވަރީ 2022

 

 

 

                                                  އާދަމް ބިލާލު

                                                   ސެކްރެޓަރީ ޖެނެރަލް

01 ފެބުރުވަރީ 2022