ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-B1/142/2022/8
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 28 ފެބުރުވަރީ 2022 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1443 ވަނަ އަހަރު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

އިޢުލާން

1443 ވަނަ އަހަރު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

       1443 ވަނަ އަހަރުގެ ރަމަޟާންމަހު މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

      މިގޮތުން 1443 ވަނަ އަހަރު މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު ("ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް") ފުރިހަމަކޮށް ލިޔުންތަކާއެކު 2022 ފެބުރުވަރީ 28 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

       އަދި މާލެސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި ރަށު ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށުގެ މިސްކިތެއްގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފޯމާއި ލިޔުންތައް ހުށަހަޅުއްވާނީ 2022 ފެބުރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އަށް ކަމުގައި ދަންނަވަމެވެ. 

           މިގޮތުން މާލެ ސިޓީފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އިން ފޯމާއި އެހެނިހެން ލިޔުންތައް މި މިނިނިސްޓްރީ އަށް ހުށަހަޅުއްވާނީ، 2022 ފެބުރުއަރީ 28 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ކަމުގައި ދަންނަވަމެވެ. އަދި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި މި މިނިސްޓްރީގެ  ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

 އުޖޫރަ (އެލަވަންސް):

      ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/500 (ފައްސަސަތޭކަ) ރުފިޔާގެ މަގުންނެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި 02 ޙާފިޡުންނަށެވެ.

       އަދި ދަންނަވަމެވެ. 1443 ވަނަ އަހަރު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހުއްދަ ދެވޭނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް މި މިނިސްޓްރީ އަށް ހުށަހަޅުއްވާ ލިޔުންތަކަށް ބަލާފައެވެ. މި އުސޫލާ ޚިލާފަށް ހުށަހަޅުއްވާ ފޯމުތަކަށް ޢަމަލުކުރެވެން ނޯންނާނެ ވާހަކަ ވެސް ދެންނެވީމެވެ.

01 ފެބުރުވަރީ 2022