މަސައްކަތް
ނަންބަރު: (IUL)419-ESMSPL/419/2022/10
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 24 ފެބުރުވަރީ 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ްއިއުލާން (ގދ.ގައްދޫ ކައުންސިލްގެ އާއިމާރާތް ޑިޒައިންކޮށް ކުރެހުންތައް ތައްޔާކުރުރުން)

ގދ.ގައްދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އާއިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ބޭފުޅުންނަށް ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ހިއްސާކުރެވޭނެއެވެ.

މަޢުލޫމާތު ބައްދަލުވުން އޮންނާނީ 09 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ 13:30 ގައި ގދ.ގައްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިބައްދަލުވުމައި އޮންލައިންކޮށް ބައިވެރިވުމަށްއެދޭ ފަރާތްތަކަށް އެފުރުސަތު ދެވޭނެ) މި މީޓިންގައި ބިޑާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑްކުރާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 07 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ މެއިލް މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

-     މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ގޮތް (އޮންލައިން / ކައުންސިލް އިދާރާއަށް ވަޑައިގެން)

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 22 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 9111005 9120126 9900297  ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

01 ފެބުރުވަރީ 2022

01 ފެބުރުވަރީ 2022