ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A4-HR/1/2022/5
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 09 ފެބުރުވަރީ 2022 13:30
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކައުންސެލް ޖެނެރަލް، ސީ.އެސް 18

 

އިޢުލާން

 

 މަޤާމް

ކައުންސެލް ޖެނެރަލް

މަޤާމުގެނަންބަރު

J-345967

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް 18

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޑިރެކްޓަރސް

ސެކްޝަން:

ލީގަލް އެފެއާޒް ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ

މުސާރަ:

-/22810ރ (ބާވީސް ހާސް އަށްސަތޭކަ ދިހަ) ރުފިޔާ

ސަރވިސް އެލަވަންސް:

-/10530ރ (ދިހަހާސް ފަސްސަތޭކަ ތިރީސް) ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. ސަރުކާރާ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އާންމުކުރުމާއި، މިންގަނޑާ އެއްގޮތަށް މަސައްކަތްތައް ހިނގާކަން ކަށަވަރުކުރުން.
  3. ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާބެހޭ ގޮތުންނާއި، ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާމެދު ކުރެވޭ އެއްބަސްވުންތަކާބެހޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  4. ސަރުކާރުގެ ފަރާތުން އެކިއެކި ރަސްމީ ލިޔުންތަކުގައި ސޮއިކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އިންސްޓްރޫމަންޓް އޮފް ފުލް ޕަވަރ އާގުޅޭ ގޮތުން ޤާނޫނީ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  5. ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރިމަންޓުތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރިމަންޓުތައް ތަންފީޛުކުރުމާގުޅޭ ގޮތުން މާލީ އިދާރާތަކަށް ދޭންޖެހޭ އެޓަރނީ ޖެނެރަލްގެ "ލީގަލް އޮޕީނިއަން" ތައްޔާރުކުރުމާއި، މި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  6. ސަރުކާރުން ރާވާ މުހިންމު މަޝްރޫޢުތަކާއި އިޢުލާންކުރާ އަދި ވަޒަންކުރާ ބީލަންތަކާއި، ސަރުކާރުން ކުރާ ނެގޯސިއޭޝަންތަކާއި ކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ހިމަނަންޖެހޭ ކަންތައްތަކުގައި، ޤާނޫނީ ވަކީލުން ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ޤާނޫނީ ލަފާ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  7. ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތަކަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއެރުން ހުރި ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި، އެގަވާއިދުތަކަށް ޢަމަލުކުރަންފެށުމާއިބެހޭ ގޮތުން ޤާނޫނީ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  8. އެކިއެކި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި އެ އިދާރާއަކަށް ބޭނުންވާ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  9. ސަރުކާރާ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  10. ސަރުކާރު އިދާރާތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  11. ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ބަންޑާރަނައިބު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ޤާނޫނީ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  12. ލޯކަލް ކައުންސިލްތަކަށް ބަންޑާރަނައިބު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދަށުން ޤާނޫނީ ލަފާދިނުމާއި، މި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  13. ޑިވިޜަންގެ ޕެންޑިންގ މޮނިޓަރކޮށް ބެލުމާއި، ގިނަ ދުވަސްވެފައިހުރި މައްސަލަތައް އަވަސްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން.
  14. ޑިވިޜަންގެ މަސައްކަތާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ބައްދަލުވުން އިންތިޒާމްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި، ބައްދަލުވުންތަކުގައި ބައިވެރިވާނެ އެޓަރނީން ކަނޑައަޅައި، ބައްދަލުވުންތަކުގެ މަޝްވަރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  15. އެޓަރނީންގެ ބްރީފިންގގެ ރިޔާސަތު ބަލަހައްޓަންޖެހޭ ޙާލަތެއްގައި ބްރީފިންގ ކުރިއަށް ގެންދިއުން.
  16. ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތަކުގައި ބަންޑާރަނައިބު ކަނޑައަޅުއްވާގޮތެއްގެ މަތިން އެހީތެރިވެދިނުން.
  17. ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަނައިބަށް މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެހީތެރިވެދިނުން.
  18. ޑިވިޜަންގެ މަސައްކަތްތަކާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތައް ހޯދައި ބަލައި، އެ އެންގުންތަކާއި ގުޅިގެން ޑިވިޜަންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ މަސައްކަތްތައް ހަރުދަނާކުރުން.
  19. ޑިވިޜަންގެ އިދާރީ އެންމެހައި މަސައްކަތެއް ރާވައި ހިންގައި ބެލެހެއްޓުން.
  20. މި ނޫންވެސް އޮފީހުން އަންގާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 

2. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޓަރނީ ޖެނެރަލްގެ އޮފީހުގައި ޤާނޫނީ ދާއިރާގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން އަދި މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އިން މަތިން މާކްސް ހޯދާފައިވުން.

 

3. އެޓަރނީންގެ ވަޒީފާގެ އޮނިގަނޑުގެ ސީއެސް 17 ގްރޭޑްގެ މަޤާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އިން މަތިން މާކްސް ހޯދާފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ލޯ
  2. ޝަރީޢާ އެންޑް ލޯ

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ލޯ

ހުށަހަޅަންޖެހޭ ލިޔުންތަން:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އޮފީހުގެ ވެބްސައިޓުންނާއި މި އޮފީހުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/downloads/15151

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާގެ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

(ބ) އުވާލާފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިސްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. މީގެ އިތުރުން؛

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

- އަތޮޅުތަކަށް އާންމުކޮށް ދަތުރުފަތުރުކުރެވޭ ފަރާތަކަށްވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] އަދި ފެކްސް 3314109 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީ މެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓުގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޕްރެކްޓިކަލް،އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 20 ފެބުރުވަރީ 2022 އާއި 03 މާރިޗު 2022 އާ ދެމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި ޕްރެކްޓިކަލް، އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ (A2 ފޯމު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލްތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަންކުރުމުގެ އުޞޫލާގުޅޭ"  (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

       

                                28 ޖުމާދަލްއާޚިރާ 1443

 

31 ޖަނަވަރީ 2022