ބީލަން
ނަންބަރު: (IUL)371-ESMSPL/371/2022/15
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 14 ފެބުރުވަރީ 2022 14:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ކައުންސިލަށް ބީލަމުގައި ޕިކަޕެއް ހޯދުމަށް ބޭނުންވެއްޖެ

މި އިޢުލާންވަނީ 10 ފެބުރުވަރީ 2022 12:33 ގައި ބާތިލް ކުރެވިފައެވެ.


ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެނޑް ޓެކްނޮލަޖީ އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަރމަންޓް ޕްރޮޖެކްޓާ ގުޅިގެން ނިލަންދެ އަތޮޅު އުތުރުބުތީ ބިލެތްދޫ  ކައުންސިލްގެ އިދާރާއިން ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެދަށުން މިކައުންސިލަށް 2 ޓަނުގެ "ޕަވަރ ގޭޓް ޕިކަޕެއް" ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ، ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކުން 15 ފެބުރުއަރީ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 28 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

         މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ މިއިދާރާގައި ނަންނޯޓް ކުރެވިފައިވާ ފަރާތްތަކަށެވެ.  މައުލޫމާތު ދިނުމުގެ ޝެޝަން ގައި ބައިވެރި ވުމަށް -/500ރ (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައި ގަތުމާއި ބީލަމުގައި ރަޖިސްޓްރީވުން ކުރިއަށްދާނީ 03 ފެބުރުއަރީ 2022 އިން 14 ފެބުރުއަރީ 2022  އަށް ބަނދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް މި ކައުންސިލް އިންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ.ބިލެތްދޫ ކައުންސިލަށް ޕިކަޕެއް ހޯދުމަށް އެދި ހުށައަޅާ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ބީލަންހުށަހަޅާފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާރޑް ކޮޕީ ހުށަހަޅަން ވާނެއެވެ.

 

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

31 ޖަނަވަރީ 2022