މަސައްކަތް
ނަންބަރު: 116-F3/IL/2022/20
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 07 ފެބުރުވަރީ 2022 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ސެންޓްރަލައިޒްޑް ސިވޭޖް ޓުރީޓްމަންޓް ޕްލާންޓް"އެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 "ސެންޓްރަލައިޒްޑް ސިވޭޖް ޓުރީޓްމަންޓް ޕްލާންޓް"އެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

    މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި، މި ކުންފުނިން  ދޭ މިންގަނޑުތަކާއި އެއްގޮތައް "ސެންޓްރަލައިޒްޑް ސިވޭޖް ޓުރީޓްމަންޓް ޕްލާންޓް" އެއް ޤާއިމުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާނު ނަންބަރު: 116F3/IL2022/126 ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.

    ވީމަ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ފެބުރުވަރީ 7 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގެ ކުރިން،ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

    މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި UC01/UC03 ދާއިރާއިން ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

    ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ފެބުރުވަރީ 17 ވާ ބުރާސްފަތިވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ފެބުރުވަރީ 17 ވާ ބުރާސްފަތިވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

    ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

31 ޖަނަވަރީ 2022