މަސައްކަތް
ނަންބަރު: (IUL)13-E/13/2022/47
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 06 ފެބުރުވަރީ 2022 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އޮފީސްޖާގަ ކޮންސެޕްޓް ޑިޒައިންކޮށް ވޯރކް ސްޓޭޝަންތަކާއިއެކު ސަޕްލައިކުރުން

މި މިނިސްޓްރީގެ ބައެއް ޑިޕާރޓްމަންޓްތަކަށް އިތުރަށް ޖާގަ ހެދުމަށްޓަކައި އެ ޑިޕާރޓްމަންޓްތަކުގެ ކޮންސެޕްޓް ފްލޯރ ޕްލޭން ތައްޔާރުކޮށް ޑިޒައިން ކުރުމަށްފަހު އެތަނަށް ބޭނުންވާ ވޯރކް ސްޓޭޝަންތަކާއި ވަޞީލަތްތައް ފޯރުކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤްވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ އިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:         6 ފެބްރުއަރީ 2022، 13:00 އަށް

އަންދާސީ ހިސާބު ހުށަހެޅުން:      13 ފެބްރުއަރީ 2022، 13:00 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

31 ޖަނަވަރީ 2022