މަސައްކަތް
ނަންބަރު: (IUL)13-E/13/2022/43
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 06 ފެބުރުވަރީ 2022 13:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބައެއް މަޝްރޫޢުތަކުގެ މެނޭޖްމަންޓް އޮޑިޓެއް ހެދުމާއި ބެހޭ

 މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2022/23 (18 ޖަނަވަރީ 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، ދައުލަތުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މެނޭޖްމަންޓް އޮޑިޓެއް ހެދުމާއި ގުޅޭ ގޮތުން މި އިޢުލާނާއެކު ހިއްސާކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) އާއި އެއްގޮތަށް އޮޑިޓެއް ހެދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޢުލޫމާތު ސާފުކުރުން: 6 ފެބުރުއަރީ 2022، 13:30ގެ ކުރިން އެއްވެސް ސުވާލެއް ނުވަތަ ސާފުކުރަންބޭނުންވާ މަޢުލޫމާތެއް ވާނަމަ މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން: 10 ފެބުރުއަރީ 2022، 13:30 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

31 ޖަނަވަރީ 2022