މަސައްކަތް
ނަންބަރު: (IUL)GZS/2022/09
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 16 ފެބުރުވަރީ 2022 10:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ލައިޓް ހަރުކުރަން ބޭނުންވެއްޖެ

މި ސްކޫލުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮއްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

-         ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް.

-         ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

-         ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

-         އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 31 ޖެނުއަރީ 2022 އިން 7 ފެބްރުއަރީ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބީލަމަށް އަގު ހުށަހެޅުއްވުމަށް، މި ސްކޫލުން ދޫކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 16 ފެބްރުއަރީ 2022 (ބުދަ) ދުވަހުގެ މެންދުރުކުރި 10.00 އަށް، މި ސްކޫލަށް ޙާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާބެހޭ މައުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމު، މި އިޢުލާނާއެކުގައި އެވަނީއެވެ.

އީމެއިލް [email protected] މެދުވެރިކޮށް އެދިލެއްވުމުން މަޢުލޫމާތު ފޯމު ފޮނުވައިދިނުމުގެ އިންތިޒާމު ހަމަޖެހިފައި ވާނެއެވެ.

31 ޖަނަވަރީ 2022