ބީލަން
ނަންބަރު: (IUL)425-A2/1/2022/22
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 10 ފެބުރުވަރީ 2021 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލް ހުޅުމާލެ އޮފީހަށް ބޭނުންވާ އެންމެހައި ފާރނިޗަރ ތަކުގެ ކޮންސެޕްޓް ޑިޒައިން ހެދުމާއި އަދި މި ޑިޒައިން ކޮންސެޕްޓާއި އެއްގޮތަށް ފަރުނީޗަރ ތައް ހަދާ ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި، އަދި ކެމެރާ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ؛

ހުޅުމާލޭގައި އަލަށް ހެދި މާލޭ ސިޓީ ކައުންސިލް އިދާރާގެ އާ އޮފީހަށް ބޭނުންވާ އެންމެހައި ފާރނީޗަރ ތަކުގެ ކޮންސެޕްޓް ޑިޒައިން ހެދުމާއި އަދި މި ޑިޒައިން ކޮންސެޕްޓާއި އެއްގޮތަށް ފަރނީޗަރ ތައް ހަދާ ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި އަދި ކެމެރާ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފްކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓަރ ވުމާއި މައުލޫމާތު ސާފުކުރުން

02 ފެބްރުއަރީ 2022

13:00

 އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

އަގު ހުށަހެޅުން

10 ފެބްރުއަރީ 2022

13:00

 އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

 

ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާރޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަމިއްލަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު:

  • މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ ) އަމީނީމަގު، ފޯން: 3025407 / އީމެއިލް : [email protected]

 

27 ޖުމާދުލް އާޚިރު 1443

30 ޖަނަވަރީ 2022

30 ޖަނަވަރީ 2021