ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:03
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލް

ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލް

  1. ތަޢާރަފް  

(ހ) މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ތިލަދުންމަތީ އުތުރުބުރީ ކެލާކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ އަދި މުބާރާތް ކުރިއަށް ގެންދިއުމުގައި ޢަމަލު ކުރުމަށް ހެދިފައިވާ ޢާންމު އުސޫލެކެވެ.

(ށ)  މި އުޞޫލަށް ކިޔާނީ " ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމުތައް ބައިވެރިކުރުމާ ބެހޭ އުޞޫލް" މިހެންނެވެ.

 

2. މަޤްސަދު   (ހ)  ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން ހިންގާ މުބާރާތް ތަކުގައި ޓީމްތައް ބައިވެރިވުމަށް ފަސޭހަވުމަށާއި އިދާރީ ގޮތުން މުބާރާތް ހިންގުމުގައި ލުއިފަސޭހަ ކުރުމުގެ މަޤްޞަދުގައެވެ.

 

3 ޢަމަލު ކުރަން ފަށާ ތާރީޚް   

   (ހ) މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލް ކައުންސިލުން ފާސްކޮށް ޢާންމުކުރާ ދުވަހުން ފެށިގެންނެވެ.

 

4. މުބާރާތްތައް އިންތިޒާމުކުރުން

(ހ) ކައުންސިލުން ރާވާ ހިންގާ މުބާރާތްތައް ބޭއްވުމަށް ހަމަޖައްސާ ތާރީޚް އަކާއި މުބާރާތް ބާއްވާ ތަނެއް ކަނޑައަޅާނީ ކެލާ ކައުންސިލްގެ އިދާރާއިންނެވެ.

(ށ) ކައުންސިލުން ހުއްދަ ލިބިގެން ނޫންގޮތަކަށް ކެލާގައި އެއްވެސް މުބާރާތެއް ބޭއްވުމަކީ މަނާކަމެކެވެ.

(ނ) މިމާއްދާގެ (ށ) ގައި އެހެން  ބަޔާން ކޮށްފައި އޮތްނަމަވެސް ސަރުކާރުގެ އިދާރާތަކާއި ޖަމްޢިއްޔާ  ޖަމާއަތްތަކުން ރާވައިގެން އެއިދާރާއެއްގެ ނުވަތަ އެޖަމްޢިއްޔާއެއްގެ އިހްތިސާސްގެ ތެރޭ ބާއްވާ ކުޅިވަރު މުބާރާތްތައް މިގަވާއިދުން އިސްތިސްނާވެގެން ވެއެވެ.

 

5. މުބާރާތުގައި ޓީމުތަށް ބައިވެރިވުން:

(ހ) މި އުޞޫލުގެ ދަށުން ކެލާ ކައުންސިލުން ރާވާ ހިންގާ މުބާރާތްތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ދޫކުރާ ފޯމު ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާގައި ރަޖިސްޓްރީކުރާ ޓީމުތަކަން އެކަންޏެވެ. 

(ށ) ކުޅިވަރު ޓީމެއް އަލަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާއިރު ތިރީގައިމިވާ ލިޔުންތައް ފުރިހަމަ ކުރަންވާނެއެވެ.

(1) ޓީމު ރަޖިސްޓްރީ ކުރަން އެދޭމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

(2) ޓީމުގެ ލޯގޯއެއް، ދިދައެއް ނުވަތަ ކުލައެއް ބޭނުންނަމަ އެތަކެތީގެ ތަފްޞީލް އެނގޭނެހެން ކުރެހުމުގެ ސޮފްޓް ކޮޕީ ހުށައަޅަން ވާނެއެވެ.

(3) ޓީމުގެ މޮޓޯއެއް ބޭނުންކުރަން ގަސްތުކުރާނަމަ އެމޮޓޯއަކާ އޭގެ މާނަ.

(4) ޓީމުގެ މެމްބަރުންނާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ކޮޕީ

(4) ޓީމް ރަޖިސްޓްރީ ކުރަނީ ސަރުކާރުގެ / އަމިއްލަ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ނަމުގައި ކަމުގައިވާނަމަ އެއިދާރާއެއްގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން.

(5) މި އުޞޫލުގެ ދަށުން ޓީމުތަށް ރަޖިސްޓްރީ ކުރުމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމުތަކުން ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާއިރު މިނަމްބަރގެ (2،3،4) ގައި ބަޔާންކޮށްފައިވާ ލިޔުންތަށް ހުށަހަޅަން ނުޖެހޭނެއެވެ.

(ނ) މިމާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް ރަސްމީ މުނާސަބާތަކައި ގުޅުވައިގެން ކައުންސިލުން ކުރިއަށްގެންދާ ކުރު މުއްދަތުގެ މުބާރާތްތަކުގައި ބައިވެރިވުމަށް މިގަވާއިދުގެ ދަށުން ރަޖިސްޓްރީ ވާކަށްނުޖެހޭނެއެވެ.

 

6. ޓީމްތަށް ރަޖިސްޓްރީ ކުރިކަމުގެ ލިޔުން ދޫކުރުމާއި ޓީމުތަކުގެ ދަފުތަރު ބެލެހެއްޓުން

(ހ)ރަޖިސްޓްރީ ކުރުމަށް އެދި ކެލާ ކައުންސިލަށް ހުށަހަޅާ ޓީމުތަކުން ހުށަހަޅާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގައި ރަޖިސްޓްރީ ކުރެވުނުކަން އަންގާ ލިޔުން ކައުންސިލުން އެފަރާތަކަށް ދޫކުރަންވާނެއެވެ.

(ށ) އަދި މިއުޞޫލުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ޓީމްތަކުގެ ދަފުތަރެއް ކެލާ ކައުންސިލުން އެކުލަވާލާ ބަލަހައްޓަން ވާނެއެވެ.

 

7. ޓީމުތަށް ކައުންސިލުގެ ދަފްތަރުން އުނިކުރުން

(ހ) މި އުޞޫލުގެ ތެރެއިން ޓީމުތައް ކައުންސިލުގެ ދަފްތަރުން އުނި ކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި މިކައުންސިލް އިދާރާއަށް ލިޔުމުން ހުށަހެޅުމުންނެވެ.

(ށ) ނަމަވެސް ކުޅިވަރުގެ ޤަވާޢިދުތަކާއި ޚިލާފަށް ޢަމަލު ކުރަމުންދާ ޓީމުތައް ކައުންސިލުގެ ދަފްތަރުން އުނިކުރުމުގެ ބާރު މިއުޞޫލުގެ ތެރެއިން ކެލާ ކައުންސިލަށް ލިބިގެންވެއެވެ.

30 ޖަނަވަރީ 2022