މަސައްކަތް
ނަންބަރު: (IUL)VAH/J4-HC/2022/1
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 14 ފެބުރުވަރީ 2022 11:00
ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވ. ކެޔޮދޫ ސިއްހީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ވ. އަތޮޅު ހޮސްޕިޓަލް

ވ. ފެލިދޫ / ދިވެހިރާއްޖެ

                                                                                                       ނަންބަރު: (IUL)VAH/J4-HC/2022/1

އިޢުލާން

ވ. ކެޔޮދޫ ކައުންސިލް އިދާރާއިން ވ. ކެޔޮދޫ ސިއްހީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 20 އޭޕްރީލް 2021 ގައި ކުރެވިފައިވާ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހްތަކުގައި ވ.އަތޮޅުހޮސްޕިޓަލަށް  ނުވަތަ ވ. ކެޔޮދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މައުލޫމާތު  ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މައުލޫމާތު ސާފުކުރުން

03 ފެބްރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ  11:00 ގައި

 

އަންދާސީ ހިސާބު ހުށަހެޅުން

14 ފެބްރުވަރީ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި

 

މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު  ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ  އެކަން ބަޔާންކޮށް ސިޓީ ހުށައަޅުއްވަންވާނެއެވެ.  މިފަދަ ލިޔުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

30 ޖަނަވަރީ 2022

 

 

 

                                                                                                            އަޒުލީފު މޫސާ

                                                           މެނޭޖަރ ، ހެލްތު ސަރވިސަސް

30 ޖަނަވަރީ 2022