ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2022/018
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 06 ފެބުރުވަރީ 2022 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ވިނަ ނޮޅައި ސާފުކުރުން

ގަބުރުސްތާނު ވިނަ ނޮޅައި ސާފުކުރުން

މި ރަށުގައި މީހުން ވަޅުލުމަށް މިހާރު ބޭނުންކުރަމުންދާ ގަބުރުސްތާނު ގައި ފަޅައިފައިވާ ވިނައާއި، ގަސް ފަދަ ތަކެތި އެއް ފަހަރުން ނޮޅައި، ސާފުކުރުމަށް ބޭނުންވާތީވެ، 6000.00ރ. (ހަ ހާސް ރުފިޔާ) އަށް ވުރެ ބޮޑު ނުވާ އަގަކަށް، އެ މަސައްކަތްކޮށްދެއްވާން ބޭނުންވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލައި 2022 ޖަނަވަރީ 19 ވަނަ ދުވަހު ކުރި މި އިދާރާގެ (I)288/2022/009 ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަމެއް ހުށަހަޅުއްވައިފައެއް ނުވެއެވެ.

ވީމާ، ސުރުޚީ ގައި ދެންނެވިފައިވާ މަސައްކަތް، 6000.00ރ. (ހަ ހާސް ރުފިޔާ) އަށް ވުރެ ބޮޑު ނުވާ އަގަކަށް، ކޮށްދެއްވާން ބޭނުންވެލައްވާ ފަރާތްތަކަށް އެ ކަމަށް އެދިލައްވައި ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

ބީލަމުގައި ބައިވެރިވެލެއްވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރެއްވުމަށް ހުށަހަޅުއްވާނީ 2022 ފެބުރުވަރީ 2 ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައި ވާ ފޯމު ފުރިހަމަކުރައްވައިގެނެވެ.

https://forms.gle/dQc8t9C4Jw27neSw9

ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ 2022 ފެބުރުވަރީ 6 ވާ އާދީއްތަ ދުވަހު މެންދުރުފަހު 1:00 ގައި މި އިދާރާ ގައެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައިވާ ފަރާތްތަކަށެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާހާއި، ބީލަން ފޯމު، ޑައުންލޯޑުކުރެއްވޭން ހުންނާނެއެވެ. މީގެ އިތުރުން، ބީލަމުގައި ރަޖިސްޓްރީވެލެއްވުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް، 2022 ފެބުރުވަރީ 6 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް، މި އިދާރާއިން ބީލަން ފޯމު ލިބިލައްވާން ހުންނާނެއެވެ.

ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި ފޮނުއްވާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ އަކާ އެކު ފޮނުއްވުން އެދެމެވެ.

27 ޖުމާދަލްއާޚިރާ 1443ހ.

30 ޖަނަވަރީ 2022މ.

30 ޖަނަވަރީ 2022