ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/18
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 03 ފެބުރުވަރީ 2022 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުނާޑު ރަވަތަ ގޯތީގެ ދެކުނުން އިންވެގެން އޮތް ބިމުގައި ނަންބަރު 01،02،04،05،06،07،08،09،10 ޖަހާފައިވާ ރުއްތަކާއި އަދި ނަންބަރު 03 ޖަހާފައިވާ ފުނަގަހުގެ  ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ، މިރުއްތަކާއި ފުނަގަހުގެ މިލްކުވެރި ފަރާތެއް ވާނަމަ 03 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން އެރުއްގަސް ތަކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ގަސްތައްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

30 ޖަނަވަރީ 2022