ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-PU/22/2022/32
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:53
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީކުރުމަށް ހުޅުވާލުން

ވެންޑަރ ރަޖިސްޓްރީކުރުމަށް ހުޅުވާލުން

1. ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ޝޮޕިންގ ގެ އުސޫލުން (ޖުމްލަ އަގު 35,000/- ރުފިޔާއިން ދަށުގެ) މިމިނިސްޓްރީން ކުރިއަށް ގެންދަންޖެހޭ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

2. ވީމާ، ވެންޑަރ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ވެންޑަރ ރަޖިސްޓްރީ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، ފޯމްގައި ބަޔާންކުރާ ލިޔުންތަކާއެކު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ލިންކު: https://bit.ly/3u3pouo

3. ވެންޑަރ ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  3341403,3341436

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

30 ޖަނަވަރީ 2022