ދިވެހިރާއްޖެ
`
މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (LAMP: P172631)
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)22-E/22/2022/21 ތާރީޚް: 28 ޖަނަވަރީ 2022
ވަޒީފާގެ ފުރުޞަތު (ޑޭޓާ އެންޓްރީ މުވައްޒަފުން)
ޕްރޮކިއުމެންޓް ރިފަރަންސް: MV-MOE-266185-NC-RFQ-2, MV-MOE-273429-NC-RFQ, MV-MOE-273430-NC-RFQ, MV-MOE-273431-NC-RFQ, MV-MOE-273433-NC-RFQ, MV-MOE-273434-NC-RFQ, MV-MOE-273435-NC-RFQ, MV-MOE-273436-NC-RFQ, MV-MOE-273437-NC-RFQ, MV-MOE-273438-NC-RFQ, MV-MOE-273439-NC-RFQ, MV-MOE-273440-NC-RFQ, MV-MOE-273442-NC-RFQ, MV-MOE-273443-NC-RFQ, MV-MOE-273444-NC-RFQ, MV-MOE-273445-NC-RFQ, MV-MOE-273446-NC-RFQ, MV-MOE-273448-NC-RFQ, MV-MOE-273449-NC-RFQ, MV-MOE-273451-NC-RFQ, MV-MOE-273452-NC-RFQ, MV-MOE-273859-NC-RFQ, MV-MOE-273860-NC-RFQ, MV-MOE-273861-NC-RFQ
ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބެލެމުގެ ދަށުން ކުރިއަށްދާ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން ހިންގާފައިވާ ނެޝަނަލް އެސެސްމަންޓް ފޮރ ލަރނިންގ (ނާލޯ) 2021 ގެ ޖަވާބުތައް ސިސްޓަމަށް އެޅުމަށްޓަކައި ޑޭޓާ އެންޓްރީގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މަޤާމް: ޑޭޓާ އެންޓްރީ މުވައްޒަފުން
ބޭނުންވާ އަދަދު: 24 (ސައްވީސް)
ފެންވަރު ނުވަތަ ޝަރުތު:
މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރަންސް މިއިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މަޤާމަށް ހޮވުން: މި މަޤާމަށް މީހުން ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއުމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޮވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ- ގުޑްސް، ވޯކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، ޖުލައި 2016 އިޞްލާޙުކޮށް، ނޮވެންބަރ 2017 އަދި އޮގަސްޓް 2018 ގައި ޕްރޮކިއުމަންޓް ފްރޭމްވަރކްގެ ދަށުން ބޭންކުން ޢާއްމުކޮށްފައިވާ (މީގެ ފަހުން "ރެގިއުލޭޝަންސް" ކަމުގައި ބުނެފައިވާ)" ގައިވާ ގޮތުގެ މަތިންނެވެ.
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ފެބުރުވަރީ 2022 ގެ މެންދުރު 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް[email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
- ސީ.ވީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް ކޯޑިނޭޓަރ
މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3341160
އީމެއިލް : [email protected]