ބީލަން
ނަންބަރު: (IUL)282/282/2022/4
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި:
06 ފެބުރުވަރީ 2022 13:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުޓުސަލް ދަނޑު ތަރައްޤީކުރުން
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ފުޓުސަލް ދަނޑުއަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 01 ފެބުރުއަރީ 2022 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ބިޑްޑޮކިއުމަންޓްސް ފޯރުކޮށްދެވޭނެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 01 ފެބުރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 06 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މާއުނގޫދޫ ކައުންސިލް އިދާރާއަށް ބިޑު ހުށައެޅުއްވުން އެދެމެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 6 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00ގައި މިއިދާރާގަ އެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު އަދި ބީއޯކިއު ޓެމްޕްލޭޓް ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ/ ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން: 9999838/6540056
އީމެއިލް: [email protected]
28 ޖަނަވަރީ 2022