ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)311/311/2022/08
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 23:46
ސުންގަޑި: 07 ފެބުރުވަރީ 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާދޭނެ މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެ

ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބިންތަކާއި މަގުތައް ކުނިކަހައި، ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ހަމަޖެހިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން އުޞޫލާއި އެއްގޮތަށް މި އިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.

މަޤާމު. މަސައްކަތު

މަޤާމްގެ ނަންބަރު: -

ބޭނުންވާ ޢަދަދު: 10ދިހައެއް

މަޤާމުގެ ގިންތި: މަސައްކަތު

މަޤާމުގެ ރޭންކް: ވަގުތީ

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ރ. ފައިނު ކައުންސިލްގެ އިދާރާ.

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މުސާރަ: މަސައްކަތް ކުރާ ގަޑިއިރަކަށް -/50 (ފަންސާސް ރުފިޔާ)

ސަރވިސް އެލަވަންސް: -

އެހެނިހެން އެލަވަންސްތައް: -

އިތުރު އިނާޔަތްތައް: -

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި:

މަސައްކަތް ކުރަންޖެހޭ ދުވަސް: ކޮންމެ ހަފްތާއެއްގެ 3 ދުވަހު.

މަސައްކަތްކުރަންޖެހޭ ގަޑި: ހެނދުނު، ނުވަތަ ހަވީރު، 3 ގަޑިއިރު

އަދި ދިމާވާ މުހިއްމު ކަންކަމާ ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރަންޖެހޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.

1. ރަށުގެ ބަނދަރާއި އަތިރިމަތި ސަރަޙައްދު އިލޮށިފަތި ބޭނުންކޮށްގެން ކުނިކަހައި ސާފު ކުރުމާ އަދި ސާފުކުރަން ޖެހޭސަރަޙައްދު ތަކުގައި ހުންނަ ޕްލާސްޓިކް ފުޅިތަކާއި ކުނިތައް ނަގައި ސާފުކުރުން.

2. ސްޕޯޓްސް އެރީނާ ސަރަޙައްދު ކުނިކަހައި ސާފުކުރުން.

3. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ސަރުކާރާއި ރައްޔިތުންގެ އިމާރާތް ތަކުގެ ތެރެއިން މަސައްކަތު މީހުން ހަމަޖެހިފައިނުވާ ތަންތަނާއި ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ގޯތިތަކާއި އެ ގޯތިތަކާއި ގުޅިފައިވާ މަގުތައް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކުނިކަހައި ސާފުކުރުން.

4. ކައުންސިލުން ހަދާފައިވާ ތަންތަނާއި ޕާކްތައް ބެލެހެއްޓުމާއި އެފަދަ ތަންތަން ދިރުވާ އާލާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި، ރަށުގެ އިޖްތިމާޢީ ސަރަޙައްދުގައި ހިމެނޭ މަގުތައް ކުނިކަހައި ސާފުކުރުމާ އަދި މަގުތައް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެއްބާރުލުމާއި އެހީތެރިކަން ދިނުން.

5. އެކި ހަފުލާތަކާ މުނާސަބާތަކާ ރަސްމިއްޔާތުތަކަށް ވަޑައިގަންނަވާ ސަރުކާރުގެ ޓީމުތަކާއި ދިވެހި ދައުލަތުގެ މަތީދަރަޖައިގެ ވެރިންނަށް މަރްޙަބާ ދެންނެވުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި ކައުންސިލްގެ އިދާރާއަށް އެހީތެރިވެދީ އެފަދަ މަސައްކަތުގައި ޙަރަކާތްތެރިވުން.

6. ކައުންސިލްގެ އިދާރާއަށް ދިމާވާ މުހިއްމު، އަދި ކުއްލި ގޮތެއްގައި ދިމާވާ ކަންކަމުގައި ކައުންސިލްގެ އިދާރާއިން އަންގައި ގޮތުގެމަތިން މަސައްކަތް ކުރުން.

ޝަރުޠު:

 އަސާސީ ތަޢުލީމް ފެންވަރު ހުރި މީހެއްކަމުގައިވުން.

 

 
 ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

 

 

 އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ސާފު ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

 ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

 މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.

1. މި މަޤާމަށް އެދިހުށަހަޅަންޖެހޭނީ ސިޓީއަކުންނެވެ.

2. ސުންގަޑިއަކީ 07 ފެބްރުއަރީ 2022 ވަނަ ދުވަހު، 13:00ގެ ކުރިން ފައިނު ކައުންސިލްގެ އިދާރާއަށް ފޮނުވަންވާނެވެ.

3. ލިޔުންތަކާއެކު [email protected] މެދުވެރިކޮށް އީމެއިލުން ފޮނުވުމުން ބަލައި ގަނެވޭނެއެވެ.

4. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

5. ވަޒީފާއަށް އެދި ހުށަހަލަންޖެހޭ ތަކެތި މެއިލުން ފޮނުވިނަމަ ސުންގަނޑި ހަމަވުމުގެ ކުރިން އެ ތަކެތި މި މި އިދާރާއަށް ލިބިފައިވާކަން އެފަރާތުން ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

1. މި މަޤާމަށްމީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 ފެބްރުއަރީ 2022 އާއި 28 ފެބްރުއަރީ 2022 އާއި ދެމެދު، ރ. ފައިނު ކައުންސިލްގެ އިދާރާގައެވެ.

2. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް ދެންނެވީމެވެ.

މާކްސް ދިނުމުގައި ބެލޭނެ މުހިއްމު ދާއިރާތައް:

އަސާސީ ޝަރުތު ހަމަވުން: %50

 މަސައްކަތުގެ ތަޖްރިބާ:

 އިންޓަވިއު: %40

އޭ ޓޫ ފޯމް އާއްމުކުރުމާއި ޝަކުވާ ހުށަހެޅުން:

1. އިންޓަވިއު ނިމުމުން އޭ ޓޫ ފޯމް އާއްމުކުރެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

2. ހުށަހެޅުނު ޝަކުވާތައް ބަލައި އެފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6580072 ފޯނާއެވެ

27 ޖަނަވަރީ 2022