ބީލަން
ނަންބަރު: (IUL)302-CO/302/2022/3
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 21:27
ސުންގަޑި: 02 ފެބުރުވަރީ 2022 13:30
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

         މިކައުންސިލްގެ ފަރާތުން ބަލަހައްޓަމުންގެންދާ މަގުމަތީ ބައްތި އަދި ބަނދަރު ބައްތިތައް މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް މަރާމާތުކޮށް ބަލަހައްޓައި ދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މި އިދާރާއިން ހަމައެކަނި ލައިޓް ދޫކުރުމުން މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

1.  ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

2.  ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

3.  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

5. މިމާއްދާގެ 1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

       ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް  [email protected] އަށް މައުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

1- އިއުލާން ނަމްބަރ: (މެއިލްގައި ނަމަ މެއިލް ސަބްޖެކްޓްގައި ލިޔުމަށް)

2- ބީލަން ހުށަހަޅާ ފަރާތުގެ ކުންފުނި/ވިޔަފާރީގެ ނަމާއި ރަޖިސްޓްރޭޝަން ނަމްބަރ: (ރަޖިސްޓްރީގެ ކޮޕީއާއެކު ފޮނުވުމަށް)

3- ގުޅޭނެ ފޯނު ނަމްބަރ:

4- އީމެއިލް އެޑްރެސް: (ބީލަން ފޮނުވާނެ އީމެއިލް)

5- އީމެއިލް ފޮނުވާ ފަރާތުގެ ނަމާއި މަޤާމް:

 

ބީލަން ރަޖިސްޓްރީ ކުރުން

2 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 13:30 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

6 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 11:00 ގައި

ބީލަން ބަލައިގަތުމާއި ބީލަންތައް ހުޅުވުން

16 ފެބުރުއަރީ 2022 ވަނަ ދުވަހުގެ 13:00 ގައި ރ. ހުޅުދުއްފާރު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައި

 ނޯޓް: ޕްރީ-ބިޑް ބައްދަލުވުމަށް (މައުލޫމާތުސާފުކުރައްވަން) ވަޑައިނުގަންނަވާފަރާތްތަކާއި ގަޑި ޖެހިގެން އަންނަފަރާތްތަކަށް އަންދާސީހިސާބުހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަދަންނަވަމެވެ.

        ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6580069 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

27 ޖަނަވަރީ 2022