ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2022/1
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 19:28
ސުންގަޑި: 06 ފެބުރުވަރީ 2022 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިއްތި ފަންނު ރުއްގަނޑު ކުއްޔަށް ދޫކުރުން

ނަންބަރު: (IUL)374-C/2022/01

އިޢުލާނު

ސިއްތި ފަންނު ރުއްގަނޑު ކުއްޔަށް ދޫކުރުން

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފ. ނިލަންދޫ ސިއްތި ފަންނުގައިވާ ރުއްތައް (ފޯދުނު 49 ރުކާއި ނުފޯދޭ 6 ރުއް) 3 އަހަރު (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ. ސިއްތި ފަންނު ރުއްގަނޑު ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑައަގަކީ މަހަކަށް     -/500 (ފަސްސަތޭކަ) ރުފިޔާއެވެ. މިރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭފަރާތަކަށެވެ. ސިއްތި ފަންނުގެ ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން، 2022 ޖަނަވަރީ 31 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މިރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން "ފ. ނިލަންދޫ ސިއްތި ފަންނު ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާފޯމް" ފުރިހަމަ ކުރައްވައި، 2022 ފެބުރުވަރީ 06 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ.

ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިޔުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ،        (fbid: faafu nilandhoo council idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

21 ޖުމާދަލްއާޚިރާ 1443

24  ޖަނަވަރީ  2022

24 ޖަނަވަރީ 2022