ތަމްރީނު
ނަންބަރު: (IUL)475-Schol/475/2022/19
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 04 ފެބުރުވަރީ 2022 13:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Ankara University Research Center of the Sea and Maritime Law / Turkey

އިޢުލާން

ނަންބަރު: IUL)475-Schol/475/2022/19)

ތާރީޚް: 27 ޖަނަވަރީ 2022

Ankara University Research Center of the Sea and Maritime Law / Turkey

 

ތުރުކީގެ އަންކާރާގައި ހުންނަ "އަންކާރާ ޔުނިވަރސިޓީ ރިސާރޗް ސެންޓަރ އޮފް ދަ ސީ އެންޑް މެރިޓައިމް ލޯ" އިން ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރސް އަދި ޕީ.އެޗް.ޑީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުންވަނީ އަންގަވާފައެވެ.

 

މި ޕްރޮގްރާމްތައް ހާއްސަކުރެވިފައިވާ ދާއިރާތަކަކީ އިންޓަނޭޝަނަލް ލޯ އޮފް ދަ ސީ، މެރިޓައިމް ޓްރޭޑް ލޯ އަދި މެރިޓައިމް ސެކިއުރިޓީ ލޯ އަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވޭނީ އުމުރުން 35 އަހަރު ނުވާ، ޕޮލިސީ ލެވެލްގެ ސްޓޭޓް އޮފިޝަލުންނަށް

ކަމުގައި  އިންތިޒާމްކުރައްވާ ފަރާތުންވަނީ އަންގަވާފައެވެ.

       

ވީމާ، މި ކޯސްތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން  4 ފެބްރުވަރީ 2022 ގެ ކުރިން އެ ފަރާތެއްގެ މައުލޫމާތު ( ވަނަވަރު، ތަޢުލީމް ސެޓްފިކެޓްގެ ކޮޕީ، ރިފަރެންސް ލެޓާ،ވަޒީފާ އަދާކުރާކަމުގެ ލިޔުން) މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އީމެއިލް [email protected] އަށާއި މަޢުލޫމާތައްޓަކައި، މި މިނިސްޓްރީގެ [email protected] އީމެއިލަށް ، އީމެއިލްކޮށްދެއްވުން އެދެމެވެ.  ކޯސްތަކާއިބެހޭ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

.          

     Website: http://dehukam.ankara.edu.tr/en/about-the-program/

 

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

27 ޖަނަވަރީ 2022